ނަންބަރ: (IUL)414/414/2025/40
އާންމު އިޢުލާން
ކުނި މެނޭޖުކުރުމުގެ މަސައްކަތާއި ބެ
ރައްކާތެރި ކަމާއެކު ކުނި މެނޭޖްކުރުމުގެ ގޮތުން 01 މޭ 2025 އިން ފެށިގެން ފީއެއް ނަގައިގެން ކުނި އުކުމުގެ ޚިދުމަތް ފެއްޓުމަށް މި ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން މި މުއްދަތުން ފެށިގެން އަމިއްލައަށް ކުނި އުކަން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ ގޮތަށް ކުނީގެ ބާވަތްތައް ވަކި ކުރުމަށްފަހު އެ ބާވަތެއްގެ ކުނި އެޅުމަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދަށް، ކަނޑައަޅާފައިވާ ގަޑިތަކުގައި ކުނި އުކުމަށް ދަންނަވަމެވެ. އަދި ކުނި އެޅުމަށް ޚާއްސަ ކުރެވިފައިވާ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދު ތަކަށް ކުނި އެޅުމަކީ މަނާކަމެއްކަމުގައިވެސް ދަންނަވަމެވެ. މިނޫންގޮތަކަށް އަމަލުކުރާ ފަރާތްތަށް ކުނި މެނޭޖްކުރުމުގެ އުސޫލާއި އެއްގޮތަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި މިރަށަކީ ސާފުތާހިރު ރީތި ރަށެއްގެ ގޮތުގައި ބޭއްވުމަށް މި ކައުންސިލުން ކުރަމުންދާ މަސައްކަތުގައި ހުރިހާ ފަރާތްތަކުންވެސް އެއްބާރުލުން ދެއްވުންއެދެމެވެ.
ކުނީގެ ބާވަތްތައް | ސަރަހައްދު | ގަޑި |
ކުނިވާ ޒާތުގެ ކުނި (ބަދިގެ ޑަސްބިން) | ދިރާގު ހުޅަގުން ހަދާފައިވާ ކުނި ގޮނޑުކައިރިން މޫދަށް | ހެނދުނު: 08:00 އިން 10:30 އަށް ހަވީރު 16:00 އިން 17:30 އަށް |
އަންދާ ކުނި | ރަށުގެ އިރުމަތީ ފަރާތު ކުނިގޮނޑަށް | ހެނދުނު: 06:00 އިން 11:00 އަށް ހަވީރު: 16:30 އިން 17:30 އަށް |
ދަނގަނޑު، ޓިނު، ޕްލާސްޓްކް | ދަގަނޑު ބާވަތްތަށް އަޅާނީ ދިރާގު ހުޅަނގު ފަރާތު ހަދާފައިވާ ކުނިގޮނޑުގެ ދަގަނޑު އަޅާ ސަރަޙައްދަށް ޕްލާސްޓްކް އަޅާނީ ދިރާގު ހުޅަނގުން ހަދާފައިވާ ކުނިގޮނޑުގެ ހުޅަނގު ފަރާތު ފެންސް ކައިރީގެ އެތެރެއަށް | ހެނދުނު: 06:00 އިން 11:00 އަށް ހަވީރު: 16:30 އިން 17:30 އަށް |
25 ޝައްވާލު 1446ހ.
23 އެޕްރީލް 2025މ.