
އަޙްމަދު ޝަޙީމް
ކައުންސިލް ރައީސް
1. ސެކްރެޓަރީ ޖެނެރަލް މެދުވެރިކޮށް ކައުންސިލް ހިންގުމަށް ކުރައްޖެހޭ އެންމެހާ މަސައްކަތްތައް ރާވައި ހިންގުން
2. ކައުންސިލްގެ ޖަލްސާތައް ގަވާއިދުން ބޭއްވުމާއި ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުން
3. ރައްޔިތުންގެ މަޝްވަރާއާއެކު ތަރައްޤީގެ ޕްލޭން އެކުވާލާ ތަންފީޒުކުރުން
4. ކައުންސިލް ތަމްސީލުކުރަންޖެހޭ ތަންތަނުގައި ކައުންސިލް ތަމްސީލުކުރުން.
5. ކައުންސިލް ހިނގަމުންދަނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުން
6. ކައުންސިލް ނައިބް ރައީސާއި މެންބަރުންގެ މަސައްކަތް ވިލަރެސްކޮށް ބެލެހެއްޓުން.

ފާތިމަތު ހައިފާ ޙުސައިން
ކައުންސިލް ނައިބް ރައީސާ
1. ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ޕްރައިމަރީ ހެލްތް ކެއަރއާއި ޞިއްޙީ ރައްކާތެރިކަމާ ގުޅޭ އަސާސީ ޚިދުމަތްތައް ދިނުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަށް ކުރުން.
2. ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އިޖްތިމާޢީ ރައްކާތެރިކަމުގެ ޚިދުމަތް ދޭނެ މަރުކަޒު ހިންގުމާއި ގޭތެރޭގައި ހިނގާ އަނިޔާތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމާއި އެފަދަ ޢަމަލުތަކާ ގުޅިގެން އަނިޔާ ލިބޭ ފަރާތްތަކަށް ޙިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި މުސްކުޅިންނަށާއި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެހީތެރިވެދީ އެފަދަ މީހުން ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުމަށް ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަށް ކުރުން.
3. އިޖްތިމާޢީ މަރުކަޒުތަކާއ ޢާންމު ޕާކުތަކާއި މުނިފޫހިފިލުވުމާބެހޭ ކަންކަން ބެލެހެއްޓުން
4. މަގުމަތި ކުނިކަހައި ސާފުކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމާއި ރަށް ޒީނަތްތެރިކޮށް ބެލެހެއްޓުން.
5. އާސާރީ ތަންތަން ބެލެހެއްޓުމާއި ޡަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން.
6. ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް،ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުން.

ޙަސަން ލަތީފް
ކައުންސިލް މެންބަރ
1. ކަނޑުތޮށީގައްޔާއި އެއްގަމުތޮށީގައި އުޅަނދުފަހަރު އެއްސުމާއ، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ގަވާއިދު ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން
2. ކުޅިވަރު ދަނޑު ތަކުގެ މަރާމާތު ކަންކަން ބެލެހެއްޓުން
3. މިސްކިތްތައް ބެލެހެއްޓުން.
4. ރޭގަނޑު މަގުމަތި ދިއްލައި ބެލެހެއްޓުން.
5. މަގުމަތީގައި މީހުން ހިނގައިއުޅުމާއި މަގުމަތީގައި އިންޖީނުލީ އެއްޗެއްސާއި އިންޖީނުނުލާ އެއްޗެހި ދުއްވުމުގެކަންކަން ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން އިންތިޒާމުކޮށް ބެލެހެއްޓުމާއި، ޢާންމުންގެއަތުން ފީނަގައިގެން އެއްގަމާއި ކަނޑުގައި ދުއްވާ އުޅަނދުފަހަރުން ދޭ ޚިދުމަތްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން އިންތޒާމްކޮށް ބެލެހެއްޓުން.
6. ޤަބުރުސްތާނު ބެލެހެއްޓުމާއި ކަށުކަމާކެމީގެ ކަންތައް ކުރެވޭނެ ނިޒާމް ޤާއިމްކޮށްދިނުމާއި،ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން.
7. ރަށުގެ މަގު ހެދުމާއި މަގުތައް މަރާމާތުކޮށް ބެލެހެއްޓުން.
8. ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަރަންޓާ،ފެނާ،ފާޚާނާއާއި ނަރުދަމާގެ ނިޒާމު ފަދަ ޢާންމު ޚިދުމަތް ހިންގައި ބެލެހެއްޓުން.
9. ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ފިހާރަތަކާއި ހޮޓާތަކާއި ރެސްޓޯރަންޓްތަކާއި ކެފޭތަކާއި ގެސްޓްހައުސްތަކާއި ޢާންމު މާރުކޭޓުތަކުގެ ކަންކަން ހުރޭތޯ ބަލައި، އިޞްލާޙީ ފިޔަވަޅު އެޅުން.
10. އެކަށީގެންވާ ރައްކާތެރިގޮތުގައި ރައްޔިތުންނަށް އުނދަގޫ ނުފޯރާނެ ގޮތެއްގެމަތިން ރަށު ފެންވަރުގައި ކުނި ނައްތާލުން.
11. ޕެސްޓް ކޮންޓްރޯލްކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުން
12. ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ކުޅިވަރު މުބާރާތްތައް ރާވައި ހިންގުން