މަޢުލޫމާތަށް އެދުމުގައި ޢަމަލުކުރަންވީގޮތް
ޤާނޫނު ނަންބަރު 2014/01 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތަށް އެދި ހުށަހަޅާ ހުށަހެޅުމުގައި އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްްފައިވާ ފޯމުގެ ޒަރިއްޔާއިން، އޮފީހުގެ އިންފޮމޭޝަން އޮފިސަރުންނަށެވެ.
މިޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވާގޮތަށް ހުށަހަޅާ ހުށަހެޅުންތަކަށް އެންމެ ލަސްވެގެން 21 (އެކާވީސް) ދުވަހުގެ ތެރޭގައި މަޢުލޫމާތު ދޫކުރާނެއެވެ.
މަޢުލޫމާތު ހޯދުމަށް އެދޭ ފޯމް: https://icom.mv/uploads/Mauloomaathu%20Hoadhan%20Edhey%20Form%20-%202026.pdf
މަހޯލި ޕޯޓަލް ލިންކް: މަޢުލޫމާތު ހޯދުމަށް އެދޭ ފޯމް: https://icom.mv/uploads/Mauloomaathu%20Hoadhan%20Edhey%20Form%20-%202026.pdf
މަޢުލޫމާތު މުރާޖާ ކޮމިޓީގައި ހިމެނޭ މެންބަރުން
1. އަސްފާޙް ޙަސަން – ސެކްރެޓަރީ ޖެނެރަލް، (ޗެއަރ ޕާރސަން)
2. ޒަމާރަތު އަޙުމަދު- އ.ކައުންސިލް އެކްޒެކްޓިވް
3. ސިލްމާ ޒާހިރު - ސީނިއަރ ކައުންސިލް އޮފިސަރ
ކޮމިޓީގެ މަސްޢޫލިއްޔަތުތައް
1. މަޢުލޫތު ހޯދާ ލިބިގަތުމުގެ ހައްގުގެ ޤާނޫނާއި އެޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް މަޢުލޫމާތު ޢާންމުކުރޭތޯ ބެލުން.
2. ވަކި މަޢުލޫމާތެއް ހޯދުމަށް އެދޭފަރާތްތަކަށް އެމަޢުލޫމާތު ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ފޯރުކޮށްދޭތޯ ބެލުން.
3. މަޢުލޫމާތު ފޯރުކޮށްދިނުމަށް އިންކާރުކުރާ ޙާލަތްތަކުގައި އެކަން ބަލާ ފިޔަވަޅުއެޅުން.
4. ޤާނޫނާއި އެއްގޮތަށް އިންފޯމޭޝަން ކޮމިޝަނަރަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ހުށަހަޅާތޯ ބެލުން.
ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން
މިކޮމިޓީގެ އިދާރީ ކަންކަން ބަލަހައްޓާނީ އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސަސްއިންނެވެ