އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ރަށުގެ ހުރިހާ ފަރާތްތަކަށް ޚާއްސަކޮށްގެން މަދަޙަ މުބާރާތެއް 07 ނޮވެމްބަރ 2025 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 އޮކްޓޯބަރ 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކޮށް ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
މި މުބާރާތުގެ ޤަވާއިދާއި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު މި ޢިއުލާނާއެކު އާންމުކުރި ވާހަކަ ދެންނެވީމެވެ. އަދި މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. މި މުބާރާތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން ކޮމެޓީގެ މެމްބަރ ޝިފުނާ އަޙުމަދު 9825355 އަށް ގުޅުއްވުން އެދެމެވެ.
28 ސެޕްޓެމްބަރ 2025