މިކައުންސިލުން ކަނޑުހުޅުދޫ ކޯރު ސަރަހައްދުގައި ފެންސެއް ޖެހުމަށް މިވަނީ ބޭނުންވެފައެވެ.
ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ތިރީގައިވާ މަޢުލޫމާތާއި އެއްގޮތަށް 14 އޮކްޓޯބަރ 2025 ވަނަ ދުވަހު 13:00ށް އަގު ހުށަހެޅުއްވުން އެދެމެވެ. އަގު/ކޯޓޭޝަން ހުށަހަޅުއްވާނީ މިކައުންސިލް އިދާރާގެ ކައުންޓަރަށެވެ.
އަގު ހުށަހެޅުމަށް ދެވޭ މަޢުލޫމާތު:
ޕައުންޑޭޝަން ދިގުމިން 119 ފޫޓް ( ''6.''8 އިންޗް، 10 އެމްއެމްގެ 3 ދަގަނޑު ލައްވައި 8އިންޗިން ރިންގް ލެއްވުން)
ޕައުންޑޭޝަނުގައި 4 ފޫޓު 4 ފޫޓުން 3 އިންޗް ހޮލޯ ޕައިޕް ހަރުކުރުން، ހޮލޯ ޕައިޕް ހަރުކުރުމުގައި ހޮޅީގެ ތެރެއަށް 10 އެމް.އެމް 1 ކޮންކްރީޓް ދަގަނޑު ހަރުކޮށް ކޮންކްރީޓް އެޅުން
ޕައުންޑޭޝަނުގައި ހަރުކުރާ 3 އިންޗީގެ ހޮލޯ ޕައިޕްގެ އުސްމިން ޕައުންޑޭޝަނު މަތިން ފެށިގެން 3 ފޫޓް
ޕައުންޑޭޝަނުގައި ހަރުކުރާ ހޮޅީގައި ދަވާދުލުން ( ރީދޫ ، ކަޅު )
އާންމު މައުލޫމާތޫ:
މި މަސައްކަތަށް ކައުންސިލުން ހަދާފައިވާ ބީއޯކިއުއަށްވުރެ ބޮޑު ނުވާނަމަ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަށް މަސައްކަތް ހަވާލުކުރެވޭނެއެވެ.
އަގު ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ ލިޔުންތައް:
އެސްޓިމޭޓް/ކޯޓޭޝަން
އަމިއްލަ ފަރުދެއްނަމަ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުއް އެގޭ ސާފުކޮޕީ.
ކުންފުނި / ޕާޓުނަރޝިޕް / ކޯޕަރޭޓީވް ސޮސައިޓީ / އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އަދި ކުންފުނީގެ ޕްރޮފައިލް ޝީޓް.
މިމަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020، 7916100 އަށް ގުޅުއްވުން އެދެމެވެ. އަދި މި އިއުލާނާއިއެކު މައުލޫމާތު ޝީޓް އެޓޭޗް ކުރެވިފައިވާނެއެވެ.
12 އޮކްޓޫބަރު 2025