އިޢުލާން: ގއ. ކަނޑުހުޅުދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 1447ގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުން

IUL)414-1/414/2026/11

ނަންބަރު:

   "ގއ. ކަނޑުހުޅުދޫ ކައުންސިލް ޤުރްއާން މުބާރާތް 1447" ގައި ބައިވެރިވުމުގެ ފުރުޞަތު 05 ފެބްރުއަރީ 2026 ވަނަ ދުވަހަށް އިތުރުކުރެވިފައިވާ ކަމުގައި ދަންނަވަމެވެ. މިމުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚަކީ 07 މާރިޗު 2026 އެވެ. އެހެންކަމުން މިމުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 05 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 1400:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.

އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިމުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ކައުންސިލުން ވަނީ ނިންމާފައެވެ. އަދި 2026 ވަނަ އަހަރު ޤައުމީ ޤުރުއާން މުބާރާތަށް ދަރިވަރުން ހޮވުމަށް ބާއްވާ އަތޮޅު ޤުރުޢާން މުބާރާތަށް ދަރިވަރުން ނެގޭނީ، މި މުބާރާތުން އެންމެ މަތިން މާކްސް ލިބޭ ދަރިވަރުންނަށް ކަމުގައި ދަންނަވަމެވެ.

ފޯމް ލިންކް: https://forms.office.com/r/tPM8HArjQL

މުބާރާތުގައި އިންސާފު ކުރާ އުމުރުފުރާތަކާއި، މުބާރާތުގެ މުޤައްރަރު

މި މުބާރާތުގައި ބައިވެރިވާ އުމުރުފުރާ ކަނޑައަޅާނީ 2026 އަހަރު އެ ދަރިވަރަކު ކިޔަވާ ކީ ސްޓޭޖަށެވެ. އަދި ބައިވެރިވާ ބޮޑެތި މީހުންނާއި ކުޑަކުދިންގެ އުމުރު ބަލާނީ 1 ޖަނަވަރީ 2026 އަށެވެ.

14 ޝަޢުބާން 1447

02 ފެބްރުއަރީ 2026