އިޢުލާން: ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރ: (IUL)414-1/414/2026/21

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

ގޭގެއިން އުކާލުމަށް ނެރޭ ކުނި، ކޮންމެ ހަފްތާއެއްގެވެސް 3 ދުވަހު ކަނޑައެޅިފައިވާ ވަގުތުތަކެއްގައި ކުނިކޮށްޓަށް ގެންދިޔުމުގެ މަސައްކަތް ކުރުމަށް 06 މަސްދުވަހުގެ މުއްދަތަށް ޕިކަޕެއް ޑްރައިވަރ އާއެކު ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، 26 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 11:00 އަށް މިއިދާރާއަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

ކޯޓޭޝަން ހުށަހެޅުމަށް ދެވޭ މަޢުލޫމާތު:

-          ހަފްތާ އަކު 03 ދުވަހު ގޭގެއިން ކުނި ކަލެކްޓް ކުރުމަށް ކުރަންޖެހޭ ދަތުރުތައް ކޮށްދިނުން

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކޯޓޭޝަން ހުށަހަޅާ ފޯމް

  2. ކުންފުނި / ޕާޓުނަރޝިޕް / ކޯޕަރޭޓީވް ސޮސައިޓީ / އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ އަދި ކުންފުނީގެ ޕްރޮފައިލް ޝީޓް.

މިކޯޓޭޝަން ހުށަހެޅުމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނުނަމްބަރ:2014/18)ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

  1. މިމަސައްކަތާއި ގުޅިގެން އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020، 7916100 އަށް ގުޅުއްވުން އެދެމެވެ.

ގުޅޭ ފައިލްތައް