(IUL)414/414/2026/28 | ނަންބަރު: |
|
އިޢުލާން
ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންނާއި މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމުގެ ދަޢުވަތު:
ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންނާއި މަޝްވަރާ ކުރުމަށް ހަތަރުމަހުން އެއްމަހު ބާއްވަންޖެހޭ ބައްދަލުވުން 28 އެޕްރީލް 2026 ވަނަ ދުވަހު 13:00 ގައި ކައުންސިލް އިދާރާގައި އޮންނާނެވެ.
މިބައްދަލުވުމުގެ އެޖެންޑާގައި ހިމެނޭ މުހިންމު ކަންތައްތައް
1. ފާއިތުވި 4 މަސަދުވަހުގެ ތެރޭގައި ކުރިއަށް ގެންދެވުނު ހަރަކާތަކުގެ މަޢުލޫމާތު ހިއްސާކުރުން.
2. ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މަޝްޢޫރުތަކުގެ މަޢުލޫމާތު ހިއްސާކުރުން.
3. ރައްޔިތުންނާއި ސުވާލުކުރުމަށް ފުރުޞަތު ހުޅުވާލުން.
ވީމާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
06 ޛުލްޤައިދާ 1447
23 އެޕްރީލް 2026