.png)
ނަންބަރު: 39/2023/04
ޖަލްސާ ބޭއްވިގޮތް: އޮންލައިން
ޖަލްސާ ބޭއްވި ތާރީޚް 12 އޮކްޓޫބަރ 2023
ޖަލްސާ ފެށި ގަޑ: 11:30
ޖަލްސާ ނިމުނު ގަޑި: 12:13
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ. ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތިމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ: ()
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 38 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 38 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ. ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތިމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ: ()
އެޖެންޑާ އައިޓަމް 3
ކައުންސިލްގެ އެސްއޯޕީތައް ފާސްކުރުން.
ކައުންސިލްގެ އެސްއޯޕީތައް ފާސްކުރުން ދެން އޮންނަ ޖަލްސާއަކަށް އެޖެންޑާ ކުރުމަށް ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ. ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތިމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ: ()
އެޖެންޑާ އައިޓަމް 5
ސިވިލް ސަރވިސް ކޮމިޝަންއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
މިކައުންސިލްގެ ފައިނޭންސް އޮފިސަރގެ މަޤާމު (އެމްއެސް 2) ރޭންކް ހުސްވެފައިވާތީ، ފައިނޭންސް މަޤާމު ކުރިން އަދާކުރަމުންދިޔަ މުވައްޒަފު (ސިލްމާ ޒާހިރު، ފިނިހިޔާ/ ގއ.ކަނޑުހުޅުދޫ) އަކީ ފައިނޭންސް އޮފިސަރ (އެމްއެސް 2) ރޭންކުގެ ޝަރުތު ހަމަވާ މުވައްޒަފަކަށްވާތީ، ފައިނޭންސް އޮފިސަރ މަޤާމަށް ބަދަލުވުމަށް އެދި ސިޓީ ވަނީ ކައުންސިލަށް ހުށަހަޅާފައެވެ. އެގޮތުން ސިވިލްސަރވިސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާއި އެއްގޮތަށް އަދި އެ ކޮމިޝަނުގެ އުސޫލުތަކާއި އެއްގޮތްވާގޮތުގެ މަތިން ސިލްމާޒާހިރު ފައިނޭންސް އޮފިސަރ (އެމްއެސް 2) ރޭންކަށް ބަދަލު ކުރުމަށް ފެންނަކަމަށް ޖަލްސާގެ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ. ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތިމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ: ()
އެޖެންޑާ އައިޓަމް 6
ހަފްތާއަކު 1 ފަހަރު ކައުންސިލް އިދާރާ މުވައްޒަފުންނާއި ބައްދަލުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކުރިންވެސް ޖަލްސާއިން ފާސްކޮށްފައިވާ ގޮތަށް މަސައްކަތް ކުރިއަށް ދާގޮތް ވީހާވެސް ގާތުން ބެލުމަށްޓަކައި ކޮންމެ ހަފްތާއަކު އެއްފަހަރު ކައުންސިލް އިދާރާގެ މުވައްޒަފުންނާއި އެކީ ބައްދަލުވުމެއް ބޭއްވުމަށް ޖަލްސާގެ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ. ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތިމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ: ()
އެޖެންޑާ އައިޓަމް 7
ދީނީ ދަރުސެއް ބޭއްވުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ދީނީ ދަރުސްތައް ބޭއްވުމަށް ކައުންސިލް ފާސްކޮށްފައިވާ މަސައްކަތް ތާވަލުގައި ހިމަނާފައިވާނެކަމަށް ކައުންސިލް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މަސައްކަތް ތާވަލާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް ރައީސް ވަނީ އެދިފައެވެ.
އެޖެންޑާ އައިޓަމް 8
ކަނޑުހުޅަދޫ ރައްޔިތުން ފަލަސްތީނާއެކު މިނަމުގައި ޒުވާނުން ބާއްވާ ހިންގާލުމުގައި ކައުންސިލުން ބައިވެރިވުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކަނޑުހުޅަދޫ ރައްޔިތުން ފަލަސްތީނާއެކު މިނަމުގައި ޒުވާނުން ބާއްވާ ހިންގާލުމުގައި ކައުންސިލްގެ ހުރިހާ މެމްބަރުންވެސް ބައިވެރިވެ، ކައުންސިލް ފުރިހަމަ އެއްބާރުލުން ދިނުމަށް ޖަލްސާގެ ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ރައީސް ޠާރިޤު އަފީފު)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނ. ރައީސް އިބްރާހިމް ޙުސައިން، މެމްބަރު ސިމާހު އިބްރާހިމް، މެމްބަރު އައްބާސާ މުޙައްމަދު، މެމްބަރު ފާތިމަތު ހުދާ)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ: ()
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ޠާރިޤު އަފީފު
އިބްރާހިމް ޙުސައިން
ސިމާޙު އިބްރާހިމު
އައްބާސާ މުޙައްމަދު
ފާތިމަތު ހުދާ
12 އޮކްޓޫބަރު 2023