.png)
ނަންބަރު: 41/2023/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 26 އޮކްޓޫބަރ 2023
ޖަލްސާ ފެށި ގަޑ: 11:30
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 40 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 40 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 4
ލިބިފައިވާ ގޯތި އެހެން ސަރަޙައްދަކަށް ބަދަލުކޮށްދިނުމަށް އެދި އާނޫސް ރަޝީދު ހުށަހަޅާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިގޮތަށް ހުރި ގޯތިތައް އެހެން ސަރަޙައްދުތަކަށް ބަދަލުކުރުމުގެ ކަންކަން ވީހާވެސް އަވަހަށް ނިންމުމަށާއި އަދި ކައުންސިލް ހާޒިރުގައި ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުންވަނީ ނިންމާފައެވެ.
އެޖެންޑާ އައިޓަމް 5
ވޮލީކުޅޭ އަންހެން ކަބަލުންނަށް ޙާއްސަކޮށްގެން ޖާރޒީ ބައެއް ހެދުމާއި ބެހޭގޮތުން މަޝްވަރާކުރުން.
އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން އަންހެން ކަބަލުންނަށް ކައުންސިލް ނަމުގައި އަދި ކައުންސިލް ކުލައިން ޖާރޒީ ބައެއް ހެދުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.
އެޖެންޑާ އައިޓަމް 6
ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމުގެ ގޮތުން ޕޮޓުތަކުގައި ކުލަލުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ބަނދަރު ސަރަޙައްދު ޒީނަތްތެރި ކުރުމުގެ ގޮތުން ޕޮޓުތަކުގައި ކުލަލުމަށް އެއްވެސް ޕާޓީ ކުލައެއް ނުހިމަނައި ކައުންސިލް ކުލަތައް ހިމަނައިގެން ޕޮޓްތަކުގައި ކުލަލުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމާފައެވެ.
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ޠާރިޤު އަފީފު
އިބްރާހިމް ޙުސައިން
އައްބާސާ މުޙައްމަދު
ފާތިމަތު ހުދާ
26 އޮކްޓޫބަރު 2023