.png)
ނަންބަރު: 42/2023/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 02 ނޮވެމްބަރު 2023
ޖަލްސާ ފެށި ގަޑ: 11:30
ޖަލްސާ ނިމުނު ގަޑި: 11:41
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 41 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 41 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކައުންސިލް ނަމުގައި ޤުރްއާން ކުލާހެއް ރަޖިސްޓްރީ ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ޤުރްއާން ކިޔަވަދޭން މީހަކު ގެނެވެންއޮތީ ޤުރްއާން ކުލާހެއް ހުޅުވައިގެން ކަމަށް ވާތީ ޤުރްއާން ކުލާހެއް ހުޅުވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާގުންވަނީ ނިންމާފައެވެ.
އެޖެންޑާ އައިޓަމް 4
ރައްޔިތުންނާއި މަޝްވަރާކުރުމަށް ކޮންމެ 4 މަހުން އެއްފަހަރު ބާއްވާ ބައްދަލުވުން ބޭއްވުމަށް ދުވަހެއް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލުން ހިންގަމުންގެންދާ ހަރަކާތްތަކާއި ނިންމާނިމުންތަކާއި ގުޅޭގޮތުން ރައްޔިތުންނާއި މަޝްވަރާކުރުމަށް ކޮންމެ 4 މަހުން އެއްފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން 09 ނޮވެމްބަރު 2023 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު ބޭއްވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ އިއްތިފާޤުންވަނީ ނިންމާފައެވެ.
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ޠާރިޤު އަފީފު
އިބްރާހިމް ޙުސައިން
އައްބާސާ މުޙައްމަދު
ފާތިމަތު ހުދާ
02 ނޮވެމްބަރު 2023