.png)
ނަންބަރު: 47/2023/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 07 ޑިސެންބަރު 2023
ޖަލްސާ ފެށި ގަޑ: 11:30
ޖަލްސާ ނިމުނު ގަޑި: 11:57
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 46 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 46 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކޮމެޓީގެ މެމްބަރަކު ޓްރޭނިންގއަކަށް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވާތީ އެކަމާއި މަޝްވަރާކުރުން.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރަކު ޓްރޭނިންގ އަކަށް އިންޑިއާއަށް ދިއުމަށް ހަމަޖެހިފައިވާތީ އޮންނަ އުސޫލުގެ ތެރެއިން މިކަން ކުރިޔަށް ގެންދިޔުމަށް ކައުންސިލް ރައީސް ވަނީ ހުށަހަޅާފައެވެ. އެގޮތުން މެމްބަރު މި ދަތުރުގައި ބައިވެރިވުމަށް މާލެދިއުމުގެ ޙަރަދު ކައުންސިލްގެ ބަޖެޓުން ކުރުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ޢިއްތިފާޤުން ވަނީ ނިންމާފައެވެ.
އެޖެންޑާ އައިޓަމް 4
ޤުލިސްތާނުގޭ ތެރެއިން ކުނިވަސް ދުވާތީ އެކަން ހައްލުކުރުމަށް މަޝްވަރާކުރުން.
ޤުލިސްތާނުގޭ ސާފުނުކޮށް ގިނަދުވަސްވެ އެސަރަޙައްދުން ކުނިވަސްދުވާތީ ކައިރީތިބި ގެތަކަށް އުދާގޫވެ ޝަކުވާ އަންނަމުންދާތީ، އެގެ ސާފުކުރުމަށް އެންގުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ޢިއްތިފާޤުން ވަނީ ނިންމާފައެވެ.
އެޖެންޑާ އައިޓަމް 5
ވޮލީ ކޭމްޕަށް ގެނައި ކޯޗުގެ ހުރުމާއި ކެއުމުގެ މުއްދަތު އިތުރުކުރުމާއި އަދި ޓީމަށް އެހީވުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ވޮލީ ކޭމްޕަށް ގެނައި ކޯޗު ރާވެރިޔާ ވޮލީ މުބާރާތް ނިމެންދެކަށް 10 ޑިސެންބަރުން ފެށިގެން 15 ދުވަހަށް ހުރުމާއި ކެއުމުގެ މުއްދަތު އިތުރުކުރުމަށާއި ބަޖެޓް ތަންދޭ ވަރަކުން ރަށު އަންހެން ވޮލީ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ޢިއްތިފާޤުން ވަނީ ނިންމާފައެވެ.
އެޖެންޑާ އައިޓަމް 6
ކައުންސިލް މެމްބަރުން ތަޖުރިބާ ދަތުރަކަށް ޏ. ފުވައްމުލަކަށް ދިއުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް މެމްބަރުން ތަޖުރިބާ ދަތުރަކަށް ޏ.ފުވައްމުލަކަށް ދިއުމަށް ހިންގާނެ ހުރިހާ ޙަރަދެއް ބެލުމަށް އެސްޖީގެ ފަރާތުން ރައީސް ވަނީ އެދިފައެވެ. އަދި ދެން އޮންނަ ބައްދަލުވުމެއްގައި ޙަރަދުގެ ހުރިހާ މަޢުލޫމާތަކާއި ދަތުރު ދާނެ ތާރީޙެއް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ޠާރިޤު އަފީފު
އިބްރާހިމް ޙުސައިން
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު
07 ޑެސެންބަރު 2023