.png)
ނަންބަރު: 48/2023/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 14 ޑިސެންބަރު 2023
ޖަލްސާ ފެށި ގަޑ: 11:30
ޖަލްސާ ނިމުނު ގަޑި: 11:57
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤު އަފީފު)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 47 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2023 ވަނަ އަހަރުގެ 47 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކިޑްސް ބިމުން ބައެއްގައި ޤުރްއާން ކުލާހެއް ހިންގުމަށް ބިން ރަޖިސްޓްރީކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކިޑްސް ބިމުގައި ވަގުފް ފަންޑުގެ ތެރެއިން ޤުރްއާން ކުލާހެއް ހުޅުވުމަށް ރަށުގެ ލޭންޑް ޔޫސް ޕްލޭންނަށް ގެންނަންޖެހޭ ބަދަލުތަކާއި އެކު ފާސްކުރުމާއި، އަދި ހަމައެކަނި އިސްލާމީ ކަންކަމަށް އެކަނި ޚަރަދުކުރާ ގޮތަށް ޕްރޮޕޯސަލް ހަދައި ވީއެންމެ އަވަހަށް ފޮނުވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ޢިއްތިފާޤުން ވަނީ ނިންމާފައެވެ. އަދި މި މަސައްކަތް އިސްލާމިކް މިނިސްޓްރީއިން އިއުލާން ކޮށްގެން ކުރާގޮތަށް މެމްބަރުންވަނީ ތާޢިދުކޮށްފައެވެ.
އެޖެންޑާ އައިޓަމް 4
ފުވައްމުލަކު ދަތުރު ޙަރަދު ހިއްސާކުރުމާއި ދަތުރު ކުރުމަށް ތާރީޚެއް ކަނޑައެޅުން.
ފުވައްމުލަކަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރު 24 ޑިސެންބަރު 2023 ވާ ދުވަހުން ފެށިގެން ހަފްތާއަކަށް ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީއަށްވެސް ދަތުރުކުރުމަށްޓަކައި އެ ކައުންސިލްތަކަށް ސިޓީ ފޮނުވުމަށް ޖަލްސާގައި ބައިވެރިވި ހުރިހާ މެމްބަރުންގެ ޢިއްތިފާޤުން ވަނީ ނިންމާފައެވެ. އަދި މި ދަތުރުގައި ކައުންސިލްގެ 5 މެމްބަރުންނާއި ކޮމެޓީގެ 5 މެމްބަރުންނާއި އިދާރީ ސްޓާފަކު ބައިވެރިވުމަށް ވަނީ ނިންމާފައެވެ.
ބައިވެރިވި ފަރާތްތަކުގެ ނަންތައް
ޠާރިޤު އަފީފު
އިބްރާހިމް ޙުސައިން
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު
14 ޑެސެންބަރު 2023