ނަންބަރު: 15/2024/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 26 އެޕްރީލް 2024
ޖަލްސާ ފެށި ގަޑި: 13:00
ޖަލްސާ ނިމުނު ގަޑި: 14:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްރައީސް ޠާރިޤު އަފީފު(
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 14 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 14 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ޕިކްނިކް އޭރިއާ ސަރަހައްދު ސާފުކރުމަށް ބޭނުންވާ ފައިސާ އ.ތ.މ ކޮމެޓީގެ ފަނޑަށް ބަދަލުކުރުމާއި މެދު މަޝްވަރާކޮށްގެން ގޮތެއް ނިންމުން.
ޕިކްނިކް އޭރިއޭ ބެލެހެއްޓުމަށް އތމ ކޮމެޓީއާއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އ.ތ. މ ކޮމެޓީގެ ފަންޑަށް މަހަކު 3000 ރުފިޔާ 2024 ވަނަ އަހަރުގެ ބެޖްޓުގެ ތެރެއިން ބަދަލުކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބާއްވާނެ ހަރަކާތްތަކާއި މެދު މަޝްވަރާކުުރުން.
އަޟްޙާ ޢީދު ފާހަގަ ކުރުމަށް ރަށުގައި ހިންގާނެ ހަރަކާތްތަކާއި މެދު މަޝްވަރާކުރުމަށް ޖަމިއްޔާ ތަކާއި ޒުވާނުންނާއެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
އަޟްޙާ ޢީދު ފާހަގަ ކުރުމަށް ރަށުގައި ހިންގާނެ ހަރަކާތްތަކާއި މެދު މަޝްވަރާކުރުމަށް ޖަމިއްޔާ ތަކާއި ޒުވާނުންނާއެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ނޫވިލާގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމުގެ މައްސަލަ.
ނޫވިލާގޭ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހޯދުމަށް ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ފޮނުވާފައިވާ ސިޓީ އާއި އެއްގޮތަށް ނޫވިލާގޭ ގޯތީގެ އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައި ދެވެން ނެތީ އެގޯއްޗަކީ 5000އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ކަމަށްވާތީ އެވެ. ނަމަވެސް އެގޯއްޗާއި ބެހޭގޮތުން މިއިދާރާގެ ފޮތުގައި ހުރި މިންތަކާއި އެއްގޮތަށް ސިޓީއެއް ކޯޓަށް ފޮނުވަން ފެންކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ދުވާޓްރެކް ހެދުމަށް ބޭނުންވާ ބިން ކަނޑައެޅުމާއި މެދު މަޝްވަރާކުރުން.
ދުވާޓްރެކް ހެދުމަށް އޮތް އެއްމެ ރަނގަޅު ބިމަކީ ފުޓްބޯޅަ ދަނޑު ކަމަށްވުމުން ، ޓްރެކް އެޅުމަށް ފުޓްބޯޅަ ދަނޑު ހަމަޖެއްސުމަށް ފެންކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
ފުޓްސަލް ދަނޑު މަރާމާތުކުރުމަށް ބޭނުންވާ އަގު ޔޫތްމިނިސްޓްރީ އާއި ހިއްސާކުރުމާއި މެދު މަޝްވަރާކުރުން.
ރަށުގައި މަސައްކަތްކުރާ ފަރާތްތަކާއި ވާހަކަ ދައްކައިގެން ފުޓްސަލް ދަނޑުގައި ކުރަންހުރި މަރާމާތު މަސައްކަތްތަށް ކުރެވޭނެ އަގެއް ހޯދުމަށްފަހު ސްޕޯރޓްސް މިނިސްޓްރީ އަށް އަގު ފޮނުވުމަށް ނިންމުނެވެ.
ޖަލްސާގައި ބައިވެރިވި ފަރާތްތަށް
1. ޠާރިޤު އަފީފު
2. އިބްރާހިމް ޙުސައިން
3. ސިމާހު އިބްރާހިމް
4. އައްބާސާ މުޙައްމަދު