2024 ވަނަ އަހަރުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  18/2024/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   15 މޭ 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:     12:00

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްރައީސް ޠާރިޤު އަފީފު(

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 17 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 17 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާނެ ހަރަކާތްކާއި ބެހޭގޮތުން މަޝްވަރާ ކުރުން.

ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމުގެ ގޮތުން ފެހެލާ ގައި 1000 ރުއް އިންދުމުގެ ޕްރޮގުރާމެއް ހިންގުމާއި، ރަށުގެ ހުއްޓޭކޮޑުގަ އޮތް ހަޓް ސަރަހައްދު ސާފްކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ގއ.ކޮލަމާފުށީ މިމަހު 22 މޭ އިން 23 މޭ އަށް ބޭއްވުމަށް ހަމަޖެހިފައިވާ ޓްރައިނިންގ އާއި ބެހޭ ގޮތުން މަޝްވަރާކުރުން.

މިމަހު 22 މޭ އިން 23 މޭ އަށް ގއ.ކޮލަމާފުށީގައި އޮތް ޓްރައިނިންގ އަށް ކައުންސިލް އިދާރާގެ އެސްޖީ (އަސްފާޙު ޙަސަން) ދިއުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

އެއްވެސް އިމާރާތެއް ނުކޮށް އަދި ސާފުކޮށް ބަލަހައްޓަމުންނުދާ ގޯތިތައް ބާޠިލް ކުރުމަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން ބާޠިލްކުރުމަށް ނިންމާފައިވާ ގޯތި ތައް މިރަށުން ގޯތި ލިބިފައިވާ އެހެން ފަރާތްތަކަށް އެގޯތި ތައް ބަދަލު ކުރުމުގެ ފުރުސަތު ދިނުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މިހާރު ކޮށްފައިވާ އިއުލާނާއި އެއްގޮތަށް އެގޯތިތަށް ނެގުމަށްފަހު އެގޯތިތަށް ބޭނުންވާ ފަރާތްތަކަށް ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް އިއުލާން ކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

މަދިރި ކޮންޓްރޯލް ކުރުމަށް ޓަސްކް ފޯސްއެއް އކުލަވާލެވުމާއި މެދު މަޝްވަރާކުރުން.

މަދިރި ކޮންޓްރޯލް ކުރުމަށް ޓާސްކް ފޯސްއެއް އެކުލަވާލުމުގައި ކައުންސިލް މެމްބަރުންނާއި، އ.ތ.މ ކޮމެޓީގެ ރައީސާ، މުވަށްސަސާތަކުގެ އިސްވެރިން އަދި އެސްޖީ ހިމެނޭގޮތަށް ކޮމެޓީ އެކުލަވާލުމަށް ނިންމުނެވެ.

 

  އެޖެންޑާ އައިޓަމް 7

ކައުންސިލްގެ ފަރާތުން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކާއި މަޝްވަރާކުރުމަށް މާލެ ދިއުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން

ކައުންސިލުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި އަދި ސަރުކާރުން މިރަށުގެ ތަރައްޤީއަށް ކުރަން ރާވާއިފައވާ ކަންތައްތަކާއި މެދު މަޝްވަރާކުރުމަށް 01 ޖޫން 2024 އިން 07 ޖޫން 2024 އަށް މާލެދިއުމަށް ފެންނަކަމަށާއި އަދި މިދަތުރުގައި ކައުންސިލްގެ މެމްބަރުންނާއި އެސްޖީ ބައިވެރިވާން ފެންނަކަމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1.      ޠާރިޤު އަފީފު

2.      އިބްރާހިމް ޙުސައިން

3.      ސިމާހު އިބްރާހިމް

4.      އައްބާސާ މުޙައްމަދު

5. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް