2024 ވަނަ އަހަރުގެ 19 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 19 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  19/2024/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   23މޭ 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:     12:00

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ޙުސައިން)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 18 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 18 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

އެކި ސަރަހައްދުތަކުގައި މީހުން ޖަހާފައިވާ ރުއްތަކާއި މެދު ގޮތެއް ނިންމުން

ރަށުގެ އެކި ސަރަހައްދުތަކުއި ޖަހާފައިވާ ރުއްތަކުގެ ވެރިން ގެނެސްގެން ރުއްބޭނުންކުރައްޔާ ރުއްތަކުގެ ސަރަހައްދު ސާފުކުރުމާއި، ސާފުނުކުރާނަމަ ރުއްތަށް ބޭނުންކުރުމުގައި ކައުންސިލްގެ ހުއްދައެއްނެތި ބޭނުން ނުކުރެވޭނެކަމާއި، އަދި ރަށުގެ އެކި ސަރަހައްދުތަކުގައި މީހުން ޖަހާފައިވާ ރުއްތަށް ކަށަވަރުކުރުމާއި ނަންބަރު ދިނުމަށް އިއުލާނެއް ކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

އިންފާރު ކޮންމެވެސް ވަރަކަށް ރާނާފައިވާ ސާފުކޮށް ބަލަހައްޓަމުން ނުދާ ގިނަދުވަސް ވެފައިވާ ތަންތަނަށް ހައްލެން ގެނައުމާމެދު ގޮތެއް ނިންމުން.

އިންފާރު ކޮންމެވެސް ވަރަކަށް ރާނާފައި ސާފުނުކޮށް ހުރި ގޯތިތަކުގެ ވެރިންނަށް އެއް މަސް ދުވަސްތެރޭގައި ގޯތިތަށް އެއްކޮށް ސާފުކުރުމާއި ސާފު ނޮކޮށްފިނަމަ -/500 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށް ގޯތިތަކުގެ ވެރިނަންނަށް ނޯޓިސް އެއް ފޮނުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

މިނިސްޓްރީތަކާއި ބައްދަލުކުރުމަށް 1 ޖޫން ގައި މާލެ އަށް ދިއުމަށް ހަމަޖެހިފައިވާ ދަތުރު ލަސްކުރުމާއި މެދު މަޝްވަރާކުރުން.

ބޮޑުޢީދާއި މިހާ ކައިވެރިވެފައި ހުއްޓާ މާލެ ދިއުމަކީ ޢީދު ހަރަކާތަށް ހިންގުމަށް ދަތިވާނެ ކަމެއް ކަމަށްވާތީވެ، މިދަތުރު ފަސްކުރަން ފެންނަކަމަށް މެމްބަރ ސިމާޙް އިބްރާޙިމް  ހުށަހެޅުއްވިއެވެ. އެގޮތުން މި އަންނަށް ހަފްތާ އަށް ބަލާފަ އެޕޮއިންޓްމަންޓް ލިބޭ ވަރަކުން ދަތުރުކުރުމަށް ދެންއަންނަށް ކައުންސިލް ޖަލްސާގައި އެކަމާބެހޭގޮތުން މަޝްވަރާކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ގޯތި ލިބިފައިވާ ފަރާތްތަކުގެ އެގްރީމަންޓްގައި ހިމެނަށްވީ ކަންތައްތާއި މެދު މަޝްވަރާކުރުން.

ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ދިނުމުގެ އެގްރީމަންޓްގައި ހިމެނެންވީ ކަނަތައްތަކުގައި އެއްމަސް ދުވަސްތެރޭގައި ގޯތި ސާފުކުރުމާއި، ގޯތީގެ ކަންމުޑި އެޅުމާއި، ގޯތި ހަވާލުކުރާ ދުވަހުން ފެށިގެން އެއްހަރު ދުވަސް ތެރޭގައި އިންފާރު 2 ފޫޓަށް ވަށައިގެން ރޭނުމާއި، 5 އަހަރު ތެރޭގައި ދިރިއުޅެވޭވަރަށް ގޯތީގައި އިމާރާތެއް އެޅުމެވެ. އަދި ގޯތި ސާފުކުރުމާއި، އިންފާރު ރޭނުމާއި،  ކަންމުޑި އެޅުމަށް މި ތިންކަނަތަށް ތަކުގެ ތެރެއިން އެއްވެސް ކަމެއް މީގެ ކަނަޑައެޅިފައިވާ މުއްދަތުގައި އެއްވެސް ކަމެއް ނޮކޮންފިނަމަ ގޯތި ބާތިލްކުރެވޭނެކަމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 7

އިންފާރު ވަކިނޮކޮށް ހުރި  ފަޅު ގޯތިތައް ނެގުމާއި މެދު މަޝްވަރާކުރުން.

އިންފާރު ނުރާނާ ހުރި ގޯތިތައް އިންފާރު ރޭނުމަށް ގޯތިތަކުގެ ވެރިންނަށް ސިޓީފޮނުވުމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1.      އިބްރާހިމް ޙުސައިން

2.      ސިމާހު އިބްރާހިމް

3.      އައްބާސާ މުޙައްމަދު

4. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް