2024 ވަނަ އަހަރުގެ 20 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

 

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 20 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  20/2024/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   30 މޭ 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:     12:00

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބް ރައީސް އިބްރާހިމް ޙުސައިން)

 

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 19 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 19 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ޔޫޓިލިޓީ ރެގިއުލޭޓަރ އަތޮރިޓީ އިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ޔޫޓްލިޓީ ރެގިއުލޭޓަރ އަތޮރިޓީ އިން ފޮނުވި ސިޓީ އާއި ބެހޭގޮތުން މަޝްވަރާކޮށް ސިޓީއާއެކު ފޮނުވާފައިވާ ޝީޓް ފުރިހަމަކޮށް ސިޓީގެ ޖަވާބް ފޮނުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ލޯކަލް ޓޫރިޒަމަށް ގެސްޓްހައުސް އެޅުމަށް ކަނޑައަޅާފައިވާ ސަރަހައްދު (ރެހާ ގަޑާ ސަރަހައްދު) އިން 5 ބިން ދޫކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން

ރެހާގަޑާ ސަރަހައްދު އިން ލޯކަލް ޓޫރިޒަމަށް ގެސްޓްހައުސް އެޅުމަށް 3000 އަކަފޫޓްގެ 3 ބިމާއި 5000 އަކަފޫޓްގެ 3 ބިން ދޫކުރުމަށް ބޭނުންވާ ކޮށްސެޕްޓް ތައްޔާރުކޮށް އެމަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ސިއްޚީމަރުކަޒުގެ ފަރާތުން 26 މެއި 2024 ގައި ފޮނުވާފައިވާ ސިޓީއާއި ގޮޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.

ސިއްޚީމަރުކަޒުން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ސިޓީގައި އެދިފަވާގޮތަށް އެހީދިނުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

އަޙުމަދު އިންގިޔާދު ފޮނުވާފައިވާ (21 މެއި2024) ސިޓީއާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން

ގޯތި ދިނުމުގެ އުސޫލްގައި (ށ) ގައި ވާ ގޮތަށް ސިޓީގެ ޖަވާބް ފޮނުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 7

އޮފީސްތަކަށް ހުޅުވާލައިގެން ވޮލީ މުބާރާތެއް ބޭއްވުމާއި ބެހޭގޮތުން މަޝްވަރާކުރުން.

އޮފީސްތަކަށް ހުޅުވާޅައިގެން ވޮލީ މުބާރާތެއް އޮގަސްޓް 20 ގައި ބޭއްވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 8

ގޭބިސީތަކުން ކުނި ކަލެކްޓްކުރުމަށް އަލުން އިއުލާން ކުރުން.

ގޭބިސީތަކުން ކުނި ނެގުމަށް އަލުން އިއުލާން ކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 9

ކުރީގެ ކޭބަލް ނެޓް ވޯކް ބަދަލު ކުރުމާއި ފެނާއި ނަރުދަމާގެ ހާލަތު ރަނގަޅު ކުރުމަށް  އެދި ސިޓީ ފޮނުވުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ކުރީގެ ކޭބަލް ނެޓް ވޯކް ބަދަލު ކުރުމާއި ފެނާއި ނަރުދަމާގެ ހާލަތު ރަނގަޅު ކުރުމަށް  އެދި ސިޓީ ފެނަކާ ސިޓި ފޮނުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 10

ނޭޗާރ ޕާރކް ހެދުމަށް މަޝްވަރާކުރުން.

ނޭޗާރ ޕާކް ހެދުމަށް ޒުވާނުންގެ ފަރާތުން އެއްބާރުން ލިބޭވަރަކުން އެކަންތަށް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 11

މާލެ ދަތުރު ފައިންލް ކުރުމަށް މަޝްވަރާކުރުން.

ކައުންސިލުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި އަދި ސަރުކާރުން މިރަށުގެ ތަރައްޤީއަށް ކުރަން ރާވާއިފައވާ ކަންތައްތަކާއި މެދު މަޝްވަރާކުރުމަށް 03 ޖޫން 2024 އިން 09 ޖޫން 2024 އަށް މާލެދިއުމަށް ފެންނަކަމަށާއި އަދި މިދަތުރުގައި ކައުންސިލްގެ މެމްބަރުންނާއި އެސްޖީ، އަދި އ.ކައުންސިލް އޮފިސާރ (ޝިފްނާ އަޙްމަދު) ބައިވެރިވުމަށާއި މި ދަތުރުގައި ކުރަށް ޖެހޭ ހުރިހާ ހަރަދެއް (ޓިކްޓް،ހުރުމާއި،ކެއުން) ކައުންސިލްގެ ބަޖެޓްން ކުރުމަށް  ނިންމުނެވެ. އަދި މި ދަތުރުގައި ކައުންސިލް ރައީސް ހުރީ އަތޮޅު ކައުންސިލްގެ ރަސްމީ ދަތުރެއްގައި މާލެގެ ކަމަށް ވާތީވެ، މި ދަތުރުގައި ކައުންސިލް ރައީސްގެ (ހުރުމާއި،ކެއުން) ކައުންސިލް ގެ ބަޖެޓްން ކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 12

ރޑ.ސްޕޯޓްސް ކުލަބް އިން ފޮނުވި ސިޓީއާއި ބެހޭ ގޮތުން މަޝްވަރާކުރުން.

ރޑ.ސްޕޯޓްސް ކުލަބް ސިޓީގައި ޖަވާބް ފޮނުވާ އިރު ޕްރޮޕޯސަލް ކައުންސިލަށް ފޮނުވުމަށް އެފަރާތަށް އެންގުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 13

ކައުންސިލް މުވައްޒަފް ޒުލްފާ ފެއާރވެލް ބޭއްވުމަށް މަޝްވަރާކުރުން.

ކައުންސިލް މުވައްޒަފް ޒުލްފާ ފެއާވެލް ބޭއްވުމަށް ކައުންސިލް ބަޖެޓްއިން ހުރިހާ ހަރަދެއް ކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 14

ކުރިން ދޫކުރެވިފައިވާ ގޯތިތަކުގެ އެގްރީމެންޓް ތައް ހަދާ ހަވާލުކުރުމާއި މެދު މަޝްވަރާކުރުން.

ކުރިން ދޫކުރެވިފައިވާ ގޯތިތަކުގެ ތެރެއިން މިހާތަނަށް އެއްވެސް އިމާރާތެް ކޮށްފައިނުވާ ގޯތިތަކަށް އެގޯތިތަށް ބެލެހެއްޓުމާއި ބެހޭ ގޮތުން އެގްރީމެންޓް ތައް ހަދާ އެގޯތިތަކުގެ ވެރިންނަށް ހަވާލުކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 15

އ.ކައުންސިލް އޮފިސަރ ޒުލްފާ އިބްރާހިމް ދީދީ ރިޓަޔަރ ކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

އ.ކައުންސިލް އޮފިސަރ ޒުލްފާ އިބްރާހިމް ދީދީ އަކީ އުމުރުން 55 އަހަރުވެފައިވާ ފަރާތެއްކަމަށްވެފައި މުސްކުޅިވުމުގެ ސަބަބުން ވަޒީފާގެ މަސްއޫލިއްޔަތު އެކަށީގެންވާގޮތެއްގައި އަދާކުރަމުން ނުދާކަމާއި އަދި ޒުލްފާ އިބްރާހިމް ދީދީ އަށް ނޭގުމަކީ ދިވަހަށް ދުވަހަށް ކައުންސިލަށް ދެމުން ގެންދާ ޚިދުމަތްތަށް ދިނުމަށް ވަރަށް ދަތިވާ ކަމެކެވެ. އަދި މީގެ އިތުރުން ޒުލްފާ އިބްރާހިމް ދީދީގެ ބަލި ހާލަތު ހުރި ގޮތުން އޮފީހަށް ހާޟިރުނުވާ ދުވަސްތަށް ގިނަވުމާއި، އަދި ހާޟިރުވާ ދުވަސްތަކުގައިވެސް ބަލިހާލަތު  ހުންނަ ގޮތުން އެއްމެ އެކަށީގެންވާ ގޮތުގައި މަސައްކަތް ނުކުރވޭކަށް ވެސް ފާހަގަ ކުރވޭތީވެ، ވީހާވެސް ހަވަހަކަށް ޒުލްފާ އިބްރާހިމް ދީދީ ސިލްވިލް ސާރވިސް ކޮމިޝަނުގެ 49 އަދި 50 ވަނަ މާއްދާގެ ދަށުން ވަޒީފާއިން މުސްކުޅި ކުރުމަށް ސިލްވިލް ސާރވިސް ކޮމިޝަނަށް ހުށަހެޅުމަށް ފެންނަކަމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1.      އިބްރާހިމް ޙުސައިން

2.      ސިމާހު އިބްރާހިމް

3.      އައްބާސާ މުޙައްމަދު

4. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް