2024 ވަނަ އަހަރުގެ 21 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

 

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 21 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  21/2024/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   05 ޖޫން 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:     12:00

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 20 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 20 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ކައުންސިލް ރައީސް މާލެ ދަތުރުގެ ޓިކެޓް ހަމަޖެއްސުމާއި ބެހޭ ގޮތުން މަޝްވަރާކުރުން.

ކައުންސިލްގެ ރައީސް މާލެ އަށް އައީ އަތޮޅު ކައުންސިލްގެ ރަސްމީ ދަތުރެއްގައި ކަމަށް ވާތީވެ، އަތޮޅު ކައުންސިލުން ވަނީ ކައުންސިލް ރައީސްގެ ދެކޮޅު ޓިކެޓް އަށް ވާ ފައިސާ ދީފައެވެ. އެހެންކަމުން ކައުންސިލުން މާލެއަށް ކުރި ރަސްމީ ދަތުރުގެ ޓިކެޓް ފައިސާ ދޭން ނުފެންނަކަމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

އަތޮޅު ކައުންސިލުން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

އަތޮޅު ކައުންސިލުން ފޮނުވާފައިވާ ސިޓީ ހަބަރު ތައްޔާރުކުރުމާއި، ރިޕޯޓް ލިއުމާއި، ދިވެހި ބަހުން މުއާމަލާތްކުރުމުގެ ޕޮރްގްރާމެއް މިމަހު 9 ޖޫން އިން ފެށިގެން 2 ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާތީ ކައުންސިލްގެ ދެ މުވަށްޒަފުން ޓްރައިނިންގ ޕޮރްގްރާމްއަށް ފޮނުވުމަށް ނިންމުންނެވެ. އަދި މި ދަތުރުގެ ކެއުމާއި، ދަތުރުގެ ހަރަދު ކައުންސިލް ބަޖެޓުން ކުރުމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1.      ޠާރިޤު އަފީފު

2.      އިބްރާހިމް ޙުސައިން

3.      ސިމާހު އިބްރާހިމް

4.      އައްބާސާ މުޙައްމަދު

5. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް