.png)
ޖަލްސާ ބޭއްވިތަން: ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ އަދި އޮންލައިންކޮށް
ޖަލްސާ ބޭއްވި ތާރީޚް 01 ސެޕްޓެމްބަރ 2022
ޖަލްސާ ފެށި ގަޑ: 11:00
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 30 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 30 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ލޭންޑްޔޫސް ޕްލޭން ހެދުމަށް ބޭނުންވާ ފައިސާ ކައުންސިލްގެ ބަޖެޓުގެ ތެރެއިން ޚަރަދުކުރުމަށް ކޯޑް ބަދަލުކުރުމާ ގުޅޭގޮތުން ނިންމުން
ލޭންޑްޔޫސް ޕްލޭން ހެދުމަށް ބޭނުންވާ ފައިސާ ވީހާވެސް އަވަހަށް ދެއްކުމަށް، ކައުންސިލުން ޕްރީސްކޫލް އެޅުމަށް މިއަހަރަށް ބަޖެޓްކޮށްފައިވާ ފައިސާ ހިމެނޭ ކޯޑް 421003 އިން ބަދަލުކުރުމަށް އިއްތިފާޤުން ނިންމުނެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 4
މަގު ބަންދު ބޯޑު ހެދުމަށް ބޭނުންވާ ފައިސާ ބަޖެޓުގެ ތެރެއިން ޚަރަދުކުރުމަށް ކޯޑު ބަދަލުކުރުމާ ގުޅޭގޮތުން ނިންމުން
ލޭންޑްޔޫސް މަގު ބަންދު ބޯޑު ހެދުމަށް މިއަހަރު ބަޖެޓްގައި ހިމެނިފައި ނެތުމާއެކު، މިކަމަކީ ކުރުން މުހިންމު ކަމަކަށްވާތީ، މަގު ބަންދު ބޯޑު ހެދުމަށް ބޭނުންވާ ފައިސާ، ބަޖެޓް ކޯޑް 223004 އިން ބަދަލުކުރުމަށް ނިންމުނެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 5
އެސްޓީއޯ ނަންބަރު 901186871 ބިލަށް ފައިސާ ދެއްކުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
އެސްޓީއޯ ނަންބަރު 901186871 ބިލްގައިވާ ތަކެއްޗަކީ ސްޕޮންސަރގެ ގޮތުގައި ކުރި މުޢާމަލާތެއްގެ އެއްވެސް ލިޔެކިޔުމެއް ނެތުމުން، މި ބިލަށް ފައިސާ ދެއްކުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ. އަދި މިބިލަށް ފައިސާ ދެއްކުމުގައި ކޯޑް ބަދަލުކުރަންޖެހޭނަމަ ލިބެންހުރި ބަޖެޓް ކޯޑަކުން ބަދަލުކުރުމަށް ނިންމުނެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 6
ކައުންސިލުން އެކިކަންކަމަށް ބިން ދޫކުރުމާއި ގުޅޭގޮތުން އެލްޖީއޭއިން ފޮނުވާފައިވާ ސިޓީއާއި ގުޅިގެން، މިހާރު އިޢުލާންކޮށްފައިވާ ވިޔަފާރިބިން ދޫކުރުމުގެ އިޢުލާންތަކާމެދު އަމަލުކުރާނެ ގޮތެއް ނިންމުން
ކައުންސިލުން އެކިކަންކަމަށް ބިން ދޫކުރުމާއި ގުޅޭގޮތުން އެލްޖީއޭއިން ފޮނުވާފައިވާ ސިޓީގައި، ރަށުގެ ލޭންޑްޔޫސް ޕްލޭން ފާސްކޮށްގެން މެނުވީ ކައުންސިލްގެ އެއްވެސް ބިމެއް ދޫނުކުރުމަށް ދަންނަވާފައިވާތީ، މިހާރު ވިޔަފާއިބިން ދޫކުރުމަށް އިޢުލާންކޮށްފައިވާ 52 އަދި 60 ނަންބަރު އިޢުލާންތައް ބާޠިލްކުރުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 7
ކިޑްސްއިދާހުރި ބިން ސާފުކުރުމާގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ކިޑްސްއިދާހުރި ބިން ވަގުތީގޮތުން ހޭންޑްބޯޅަ ކުޅެވޭނެގޮތް ހެދުމުގެ ގޮތުން އެތަނުގައި ހުރި އިމާރާތް މިހާރު ތަޅާލާފައި އެތަން ސާފުކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ނައިބުރައީސް އިބްރާހީމް ޙުސައިން)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
ޖަލްސާގައި ބައިވެރިވި ފަރާތްތައް
# | ނަން | މަޤާމް |
1 | އިބްރާހީމް ޙުސައިން | ކައުންސިލްގެ ނައިބުރައިސް |
2 | އައްބާސާ މުޙައްމަދު | ކައުންސިލް މެމްބަރ |
3 | ސިމާޙް އިބްރާހީމް | ކައުންސިލް މެމްބަރ |
01 ސެޕްޓެމްބަރ 2022