ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 22 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 21/2024/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 13 ޖޫން 2024
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 21 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 21 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ޒަރީރު ފާރޫޤް ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ހައިކޯޓުން ނިންމާފައިވާ ހުކުމާއި އެއްގޮތަށް ގޯތިން ބޮޑުކޮށް އިން ބައިން އުނިކޮށް ކައުންސިލުންވަނީ އެ ގޯތީގެ ރަޖިސްޓްރީ ހަދައިދީފައިވާކަމަށް ސިޓީގެ ޖަވާބު ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ކުޑަކުދިންގެ ޕާކް މަރާމަތްކުރުމަ ބެހޭގޮތުން މަޝްވަރާކުރުން.
ކުޑަކުދިންގެ ޕާކް މަރާމަތްކުރުމުގެ ގޮތުން ޕާކް ތެރޭގައި ކާރޕެޓް އަޅަށް ޖެހިފައިވާ ތަންތަނުގައި ކާޕެޓް އެޅުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ރޑ.ސްޕޯޓްސް ކުލަބް އިން ފޮނުވާފައިވާ ޕްރޮޕޯސަލްއާ ބެހޭގޮތުން މަޝްވަރާކުރުން.
ރޑ.ސްޕޯޓްސް ކުލަބް އިން ފޮނުވާފައިވާ ޕްރޮޕޯސަލްއާ ބެހޭގޮތުން މަޝްވަރާކޮށް ޖަމިއްޔާތަކަށް އެހީދިނުމަށް ހަދާފައިވާ އުސޫލާއި އެއްގޮތަކަށް އެހީދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
އީދު މަސްރޭހަށް ފައިސާ ހަރަދުވާވަރާއި ބެހޭގޮތުން މަޝްވަރާކުރުން.
އަލްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މަސްރޭހަށް ފައިސާ ހަރަދުވާވަރާއި ބެހޭގޮތުން މަޝްވަރާކޮށް
1ވަނަ -/3000
2 ވަނަ -/1500
އެންމެ ބޮޑު މަހާއި އެންމެ ގިނައިން މަސްބޭނި ފަރާތްތަކަށް 500 ރުފިޔާގެ ގިފްޓް ވައުޗަރ ދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
އީދު ދުވަހު މެންދުރު ކެއުމެއް ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.
95 ރުފިޔާގެ ރޭޓުން 300 މީހުންނަށް އީދު ދުވަހު މެންދުރު ކެއުން ތައްޔާރުކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ފެނަކައިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ފެނަކައިން ފޮނުވާފައިވާ ސިޓީގައި ސަބްޑީބީ ތައްޔާރުކޮށް ހަރުކޮށްދިނުމަށް ފެނަކައިން ޓެކްނިޝަން ޓީމެއް އެ މަސައްކަތް ކޮށް ކައުންސިލަށް ބިލްކުރާ ގޮތަށް ސިޓީގައި ޖަވާބު ފޮނުވުމަށް ނިންމުނެވެ.
ޖަލްސާގައި ބައިވެރިފަރާތްތަށް
1. ޠާރިޤު އަފީފު
2. ސިމާހު އިބްރާހިމް
3. އައްބާސާ މުޙައްމަދު
4. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް