2024 ވަނަ އަހަރުގެ 23 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 23 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  23/2024/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   30 ޖޫން 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:     12:00

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 23 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 23 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

 ކައުންސިލްގެ ބަޖެޓް ހެދުމާއި އަދި އެހެނިހެން ސިޔާސަތުތައް ކަނޑައެޅުމަށް ޖަމިއްޔާތައް ބައިވެރި ކުރުމުގެ އުޞޫލު ފާސްކުރުން.

ކައުންސިލްގެ ބަޖެޓް ހެދުމާއި އަދި އެހެނިހެން ސިޔާސަތުތައް ކަނޑައެޅުމަށް ޖަމިއްޔާތައް ބައިވެރި ކުރުމުގެ އުޞޫލު ރަގަނޅުކަމަށް ފާސްކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

2025 ވަަނަ އަހަރު ބަޖެޓް ގައި ހިމެނެއްވީ ކަންތައް ތަކާއި މެދު މަޝްވަރާކުރުން.

2025 ވަނަ އަހަރު ބަޖެޓްގައި ހިމެނެއްވީ ކަންތަށްތަކާއި މެދުމަޝްވަރާކޮށް ދެން އަންނަށް ޖަލްސާއެއްގައި ވަކިގޮތަކަށް ނިންމުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ބަޖެޓް ކޯޑް ބަދަލުކުރުން (226002-223014 ، 222005-223013)

ބަޖެޓް ކޯޑް ބަދަލުކުރުން (226002-223014 ، 222005-223013) ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ހޭންޑް ބޯޅަ މުބާރާތުގައި ކައުންސިލް ޓީމަށް ކައުންސިލް ބަޖެޓުން ހަރަދުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވާ ކައުންސިލް ޓީމަށް -/5000 ރުފިޔާ ކައުންސިލް ބަޖެޓުން ހަރަދުކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 7

ކުނިގޮޑު އެހެންތަަކަށް ބަދަލުކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ކުނިގޮޑު އެހެންތަނަކަށް ބަދަލުކުރުމުގައި ރަނގަޅު ތަނެއް ބެލުމާއި، ރަށުގެ އިސްރަށްވެހިން ކައިރިން ލަފާހޯދުމާއި، މަޝްވަރާކުރަށްވީ ކަންތަށްތަކާއިމެދު މަޝްވަރާކޮށް ދެންއަންނަށް ޖަލްސާއެއްގައި ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 8

އަލަށް ދޫކުރެވުނު ގޯތި ތަކުގެ ތެރެއިން މިން ހަމަނުވެގެން 3 ގޯތި އެހެން ސަރަހައްދަކުން ދިނުމަށް ބޭނުންވާތީވެ، މި ގޯތި ތަށް ދޭނެ ސަރަހައްދެއް ކަނޑައެޅުމާއި މެދު މަޝްވަރާކޮށް ގޮތެއްނިންމުން.

އަލަށް ދޫކުރެވުނު ގޯތި ތަކުގެ ތެރެއިން މިން ހަމަނުވެގެން 3 ގޯތި އެހެން ސަރަހައްދަކުން ދިނުމަށް ބޭނުންވާތީވެ، މި ގޯތި ތަށް ދިނުމަށް އީވިނިންގްސަން އިރުމަތިން 2 ގޯތި އަދި ޝިމާލު ގޯތީގެ ޖެހިގެން 1 ގޯތި ނެގުމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1.      ޠާރިޤު އަފީފު

2.      ސިމާހު އިބްރާހިމް

3.      އައްބާސާ މުޙައްމަދު

4. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް