2024 ވަނަ އަހަރުގެ 24 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 24 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު:  24/2024/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   03 ޖުލައި 2024

ޖަލްސާ ފެށި ގަޑި:       08:45

ޖަލްސާ ނިމުނު ގަޑި:     09:45

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 23 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 23 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

                             

އެޖެންޑާ އައިޓަމް 3

ކުނިގޮޑު އެހެންތަަކަށް ބަދަލުކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މި ޖުލައި މަހު ބާއްވާ ރައްޔިތު ބައްދަލުވުމުގައި ކުނި ގޮޑު އެހެންތަނަކަށް ބަދަލުކުރުމަށް މަޝްވަރާކުރުމަށްފަހު އެހެންތަނަކަށް ބަދަލުކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

އަލަށް ދޫކުރެވުނު ގޯތި ތަކުގެ ތެރެއިން މިން ހަމަނުވެގެން 3 ގޯތި އެހެން ސަރަހައްދަކުން ދިނުމަށް ބޭނުންވާތީވެ، މި ގޯތި ތަށް ދޭނެ ސަރަހައްދެއް ކަނޑައެޅުމާއި މެދު މަޝްވަރާކޮށް ގޮތެއްނިންމުން.

އަލަށް ދޫކުރެވުނު ގޯތިތަކުގެ ތެރެއިން މިންހަމަނުވެގެން 3 ގޯތި އެހެންތަނަކުން ދިނުމަށް ބޭޏުންވާތީވެ، މި ގޮތުން އިވިނިންގް ސަން އިރުމަތިން 2 ގޯތި ، އިބްރާހިމް އަހްމަދު ގޯތި ދިނުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ފާހީމް މުހައްމަދު ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ފަހީމް މުޙައްމަދު ފޮނުވާފއިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް މިއަހަރު ގޯތި ދިނުމުގެ އުސޫލްގެ ތެރެއިން 1500 އަކަ ފޫޓްގެ ތަންތަނުން ގޯތި ބޭނުންވާ ތަންތަނުން ގޯތި ދިނުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ޒަރީރު ފާރީޤް ގޯތި މިހާރު ދީައިވާ ތަށް އެހެން ތނަކަށް ބަދަލުކުރުން.

ޒަރީރު ފާރޫޤް ގޮތި މިހާރު ދީފައިވާ ތަނުން ދެވެން ނެތުމުން އެހެންތަނަކުން ގޯތި ދިނުމަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 7

ލޭންޑްސް ޕްލޭން ގައިވާ 8 ގޯތި ބްލޮކުގައި 4 ގޯތިން 15 ފޫޓްގެ ގޯޅިއެއް ހަދައި 4 ގޯތި ބްލޮކު ހެދުމާއި މެދު މަޝްވަރާކުރުން.

ލޭންޑްސް ޕްލޭން ގައިވާ 8 ގޯތި ބްލޮކުގައި 4 ގޯތިން 15 ފޫޓްގެ ގޯޅިއެއް ހަދައި 4 ގޯތި ބްލޮކު ހެދުމަށް  ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 8

މުހައްމަދު ހުސައިން އަށް ސަހަރާ ސަރަހައްދު ސާފުކުރުމަށް ނޯޓިސް ފޮނުވުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ސަހަރާ ތެރޭގެ ހުރި ގަސްތަށް ކަނޑައި، އެ ސަރަހައްދު ސާފުކުރުމަށް 3 ދުވަހުގެ ނޯޓިސްއެއް ފޮނުވުމާއި، 3 ދުވަސްތެރޭގައި ސާފުނޮކޮށްފިނަމަ އެގްރީމަންޓް ބާތިލް ކުރެވޭނެކަމަށް ނޯޓިސްއެއް ފޮނުވުމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1.      ޠާރިޤު އަފީފު

2.      ސިމާހު އިބްރާހިމް

3.      އައްބާސާ މުޙައްމަދު

4. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް