ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 25 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 25/2024/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 11 ޖުލައި 2024
ޖަލްސާ ފެށި ގަޑި: 10:30
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބް ރައީސް އިބްރާޙިމް ޙުސައިން)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 24 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 24 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
އިބްރާހިމް އަޙްމަދު ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
އިބްރާޙިމް އަޙްމަދު ގޯއްޗެއް ބޭނުންވާނަމަ މި ކައުންސިލުން ގޯތި ދިނުމަށް އިޢުލާން ކުރުމުން އެއިޢުލާނާ އެއްގޮތަށް އަމަލުކުރެއްވުމަށް ސިޓީގެ ޖަވާބު ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ފާހީމް މުހައްމަދު ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ފަހީމް މުޙައްމަދު ފޮނުވާފއިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް މިއަހަރު ގޯތި ދިނުމުގެ އުސޫލްގެ ތެރެއިން 1500 އަކަ ފޫޓްގެ ތަންތަނުންް ގޯތި ދިނުމަށް ކައުންސިލް ގެ 24 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާ ނިންމުން ބާތިލްކޮށް މިހާރު ފަހީމް މުޙައްމަދު އަށް ދީފައިވާ ގޯތި 3 ދުވަސް ތެރޭގައި ސާފުކުރުމާއި ކަންމުޑިއެޅުމަށް ނޯޓިސްއެއް ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމާއި ބެހޭގޮތުން ވާހަކަދެއްކުން.
ބިދޭސީންގެ ތެރެއިން ގަވާއިދާއި ހިލާފަށް އުޅޭ ބިދޭސިންގެ މައުލޫމާތު ހޯދުމާއި، ރަށުގައި އެއްވެސް ކަހަލަ ވިޔަފާރިއެއް ކުރާނަމަ އެކަށް ހުއްޓުވުމާއި އަދި ބިދޭސީންގެ މައުލޫމާތު ހޯދުމަށް އިއުލާނެއް ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ކައުންސިލަށް އާމްދަނީ ލިބޭނެ ގޮތަކާއި މެދު މަޝްވަރާކުރުން.
ކައުންސިލަށް އާމްދަނީ ހޯދުމުގެ ގޮތުން 2 ކޮޓަރީގެ އިމާރާތެއް އެޅުމާއި، ވިޔަފާރި ބިންދޫކުރުމާއި، ރެހާގަޑާ ސަރަހައްދު އިމާރާތްކުރުމަށް ކުއްޔަށް ދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ޤުރުއާން ކުލާސް އިމާރާތް އެޅުމަށް އިޢުލާނެއްކުރުން.
ޤުރްއާން ކުލާސް ރޫމެއް އެޅުމަށް ކްލާސްރޫމްގެ ކުރެހުމާއި، އަދި ބޭނުންވާ ސާމާނުގެ ކޯޓެޝަން ދާއިރާގެ މެމްބަރ އަށް ފޮނުވުމަށްް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
ޤިރާތުލެވެލްގެ ކުލާސްތަށް ފެށުމަށް އިޢުލާނެއްކުރުން.
ގިރާތުލެވެލް ކުލާސްތަށް ފެށުމަށް އިއުލާނެއް ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 9
ކާޕެޓް ނީލަމުގައި ވިއްކާލުމަށް މަޝްވަރާކޮށް
ކާޕެޓް ނީލަމުގައި ވިއްކާލުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 10
ކުޑަކުދިންގެ ޕާކް މަރާމަތްކުރުން އިއުލާން ކުރުމުން -/25000 ރުފިޔާއަށް އެމަސައްކަތް ކުރުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކުޑަކުދިންގެ ޕާކް މަރާމަތް ކުރުމަށް -/25000 ރުފިޔާއަށް މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނެވެ.
ޖަލްސާގައި ބައިވެރިފަރާތްތަށް
1. އިބްރާޙިމް ޙުސައިން
2. ސިމާހު އިބްރާހިމް
3. އައްބާސާ މުޙައްމަދު
4. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް