2024 ވަނަ އަހަރުގެ 26 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 26 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                      ނަންބަރު: 26/2024/04

ޖަލްސާ ބޭއްވިތަން:       ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   16 ޖުލައި 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:     12:00

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 25 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 25 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

                             

އެޖެންޑާ އައިޓަމް 3

2025 ވަނަ އަހަރު މަސައްކަތް ތާވަލް ނިންމާފައި ފާސްކުރުން.

2025 ވަނަ އަހަރު މަސައްކަތް ތާވާލު ނިންމާފައި މަސައްކަތް ތާވަލް ފާސްކުރަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

އެޖެންޑާ އައިޓަމް 4

ރައްޔިތު ބައްދަލުވުން ބާއްވާނެ ދުވަހަކާ ބެހޭގޮތުން މަޝްވަރާކުރުން.

މި ޖުލައި މަހު ބޭއްވުމަށް ހަމޖެހިފައިވާ ރައްޔިތު ބައްދަލުވުން ބާއްވާނެ ދުވަހަކާއި ބެހޭގޮތުން މަޝްވަރާކޮށް 28 ޖުލައި 2024 ވާ އާދިއްތަ ދުވަހުގެ ރޭ 9:00 ގައި ބޭއްވުމާއި، އަދި ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތަކަށް  -/250 ރުފިޔާ އަށް ވުރެ ބޮޑު ނޫން ގިފްޓް ޕެކެއްދިނުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

އަފީފް މުޙައްމަދު ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

އަފީފް މުޙައްމަދު ފޮނުވާފައިވާ ސިޓީ ގައި ބަޔާންކޮށްފައިވާ ދޯނި ބަނުމަށް ކުއްޔަށް ދީފައިވާ ބިމުގެ މުއްދަތު ހަމަވެފައިވާތީވެ، މުއްދަތު އިތުރުކޮށްދިނުމާއި ބެހޭގޮތުން މަޝްވަރާކޮށް ބިމުގެ މުއްދަތު 5 އަހަރަށް އިތުރުކޮށްދިނުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

މުޙައްމަދު މަޢުސޫމް ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

މުޙައްމަދު މައުސޫމް ގެ ދަރިފުޅުގެ ބައްޔަށް ބޭނުންވާ ފައިސާ ހޯދުމަށް ކައުންސިލުން ފަންޑުރައިޒިން އިވެންޓެއް ޖެއްސުމާއި ބެހޭގޮތުން މަޝްވަރާކޮށް ކައުންސިލް ނަމުގައި މީޑިއާތަކަށް ފަންޑްރައިޒިން އިވެންޓެއް ޖެއްސުމަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1.      ޠާރިޤު އަފީފު

2.      ސިމާހު އިބްރާހިމް

3.      އައްބާސާ މުޙައްމަދު

4. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް