ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 27 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 27/2024/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 25 ޖުލައި 2024
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 26 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 26 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ޒަރީރު ފާރޫޤް ގޯތީގެ މައްސަލަ އަލުން ރިވިއުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ޒަރީރު ފާރޫޤު ގޯތި މިހާރު ދީފައިވާ ތަނުން މިން ހަމަނުވާތީވެ ކައުންސިލުން ވަނީ 24 ވަނަ އާންމު ބައްދަލުވުމުގައި ޒަރީރު ފާރޫޤު ގޯތި ބާތިލް ކޮށް އެހެންތަނަކުން ގޯތި ދިނުމަށް ނިންމާފައެވެ. އަދި އެ ނިންމުން ރިވިއުކޮށް ގޯތި މިހާރު އޮތްތަނުން ދިނުމާއި، އަދި ގޯތީގެ ކަންމުޑިއެޅުމާއި، ވަށާފާރު ރޭނުމަށް ކައުންސިލުން ކޮށްފައިވާ އިއުލާނާ އެއްގޮތަށް ޒަރީރު ފާރޫޤު ވެސް އަމަލުކުރުމަށް އެންގުމަށް ނިންމުނެވެ.
ޖަލްސާގައި ބައިވެރިފަރާތްތަށް
1. ޠާރިޤު އަފީފު
2. އިބްރާޙިމް ޙުސައިން
3. ސިމާހު އިބްރާހިމް
4. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް