.png)
ޖަލްސާ ބޭއްވިތަން: ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 11 ސެޕްޓެމްބަރ 2022
ޖަލްސާ ފެށި ގަޑ: 11:00
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 31 ވަނަ ޖަލްސާ އަދި 11 ވަނަ ކުއްލި ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 31 ވަނަ ޖަލްސާގެ ޔައުމިއްޔާ އަދި 11 ވަނަ ކުއްލި ޖަލްސާގެ ޔައުމިއްޔާ ވަނީ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ގުޅޭގޮތުން މަޝްވަރާކުރުން
ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށަހަޅާފައިވާ ހުށަހެޅުންތަކާއި ހުށަހެޅިފައިވާ އަގުތައް މެންބަރުން ބަލައި މަޝްވަރާކޮށް، އޭގެތެރެއިން އެންމ ރަނގަޅު ލޯގޯއަކަށް ވޯޓް ދިނުމަށް ރައީސް ހުށަހެޅުއްވިއެވެ. އެގޮތުންވޯޓްގައި ބައިވެރިވި 3 މެންބަރުންގެ އިއްތިފާޤުން Kurkee އިން ހުށަހަޅާފައިވާ ތިރީގައިވާ ލޯގޯ ފާސްކުރުމަށް ނިންމުނެވެ. އަދި ވީހާވެސް އަވަހަށް ފާސްކުރެވުނު ލޯގޯ ބޭނުންކުރަން ފެށުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ނިންމުނެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 4
ކައުންސިލް އިދާރާގައި ޤުރުއާން ކޯސް ހިންގުމަށާއި، ޤުރުއާން ކްލާސް ހިންގުމަށް ކްލާސްރޫމެއް އިމާރާތްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން
ކައުންސިލް އިދާރާގައި ކްލާސްރޫމެއް އެޅުމަށާއި، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކްލާސްރޫމް އަޅާނެ ތަން އަދި މަޝްވަރާކޮށްގެން ނިންމުމަށް ވޯޓުގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމުނެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
ޖަލްސާގައި ބައިވެރިވި ފަރާތްތައް
# | ނަން | މަޤާމް |
1 | ޠާރިޤް ޢަފީފް | ކައުންސިލްގެ ރައީސް |
2 | އިބްރާހީމް ޙުސައިން | ކައުންސިލްގެ ނައިބުރައިސް |
3 | އައްބާސާ މުޙައްމަދު | ކައުންސިލް މެމްބަރ |
4 | ސިމާޙް އިބްރާހީމް | ކައުންސިލް މެމްބަރ |
11 ސެޕްޓެމްބަރ 2022