ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 28 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 28/2024/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 31 ޖުލައި 2024
ޖަލްސާ ފެށި ގަޑި: 09:00
ޖަލްސާ ނިމުނު ގަޑި: 10:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 27 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 27 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ފަހީމް އަށް ދީފައިވާ ގޯތި އެހެންތަނަކަށް ބަދަލުކުރުމަށް އަދި ފޮނުވާފައިވާ ސިޓީއާ ގުޅޭގޮތުން ކައުންސިލުން ނިންމި ނިންމުން ރިވިއުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ރަށުތެރޭގެ ހުރި ހުސްތަންތަނުން މިން ހަމަވައްޔާ އެހެންތަނަކުން ފަހީމް މުޙައްމަދު އަށް ގޯތި ދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
2025 ވަނަ އަހަރު ބަޖެޓް ފާސްކުރުން.
2025 ވަނަ އަހަރު ބަޖެޓް ފާސްކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ވޯލީ މުބާރާތް ލަސްކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
20 އޮގަސްޓު 2024 ގައި ބޭއްވުމަށް ހަމަޖެހިފައިޥާ ވޯލީ މުބާރާތް ލަސްކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް ވޯލީ މުބާރާތަށް ޓީމްތަކަށް ޕްރަކްޓިސް ބޭނުނަވާތީ 30 އޮގަސްޓު 2024 ވާ ހުކުރު ދުވަހު ބޭއްވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ސްޕޯޓްސް ކައުންސިލްގެ މަސްއޫލިއްޔަތު ހަވާލުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ސްޕޯޓްސް ކައުންސިލްގެ މަސްއޫލިއްޔަތު ތަށް ހަވާލުކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް ކޮންމެ ދުވަހަކު ފުޓްސަލް ދަނޑާއި،ވޯލީ ދަނޑު ހުޅުވާ ލެއްޕްމާއި، ދަނޑުތަކުގެ ލައިޓްތަށް ދިއްލުމާއި ނިންވުމަށް ރަސްމީކޮށް ހަވާލުކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ބޮޑުމުދިންގެ ގޯތި އިންވަކިކުރުމަށް އެންގުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ބޮޑުމުދިންގެ ގޯތީގެ އިންވަކިކުރުމަށް މީގެ ކުރިންވެސް އަންގާފައިވާކަމާއި، އަދި ކައުންސިލު އެ ގޯތީގެ މިންރަނގަޅަށް ބެލުމަށް ފަހު އަނެއްކާވެސް ބޮޑު މުދިންގެ ގޯތީގެ ވެރިންނަށް އިންވަކިކުރުމަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
ގުލްޒާރުވާދީ ގޯތީގެ މައްސަލަޔާ ބެހޭގޮތުން މަޝްވަރާކުރުން.
ގުލްޒާރުވާދީ ގޯތީގެ މައްސަލަޔާ ބެހޭގޮތުން މަޝްވަރާކޮށް ގުލްޒާރުވާދީ ގޯތީގެ ވެރިމީހާއަށް ގޯއްޗެއް ނޯންނާނެކަމަށް ސިޓީއަކުން
ޖަލްސާގައި ބައިވެރިފަރާތްތަށް
1. ޠާރިޤު އަފީފު
2. އިބްރާޙިމް ޙުސައިން
3. ސިމާހު އިބްރާހިމް
4. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް