ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 29 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 29/2024/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 08 އޮގަސްޓް 2024
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 28 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 28 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކުނި ގޮނޑުގައި ފެންސުޖެހުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކުނި ގޮނޑުގައި ފެންސް ނުޖަހައި ހުރުމުގެ ސަބަބުން އެ ސަރަހައްދަށް އަޅަމުންދާ ކުނިތައް އޮޔާގޮސް އެކީ ތަންތަށް ތަނަށް ލައްގަމުން ދާތީއާއި އަދި ކުނި އެކަށީގެންވާ ގޮތެއްގައި ބެލެހެއްޓުމަށްޓަކައި ކުނި އަޅާ ސަރަހައްދުގެ މޫދާ ވީ ފަޅިންނާ އެކު މުޅި ސަރަހައްދު ބައްދު ކުރެވޭނެ ގޮތަށް ފެންސް ޖެހުމަށް ފެންނަ ކަމަށާއި އަދި މިކަމަށް ކައުންސިލްގެ ބަޖެޓުން ޚަރަދު ކުރުމާއި އަދި މި މަސައްކަތުގެ އަގެއް ގޮތުގައި -/450,000 ގެ ބަޖެޓެއް ހަމަޖެއްސުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
211001 އިން 223016 އަށް ބަދަލުކުރުން.
211001 އިން 223016 ކޯޑު ބަދަލުކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ގޯތި ރަޖިސްޓްރީ / އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމުގައި އަމަލު ކުރަނެ އުސޫލެއް/އެސްއޯޕީއެއް ކަނޑައެޅުން.
ގޯތީ ރަޖިސްޓްރީ / އިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހެދުމަށް އަމަލު ކުރާނެ އުސޫލެއް ނުވަތަ އެސްއޯޕީއެއް ހެދުމުގެ ބޭނުމަކީ ގޯތި ރަޖިސްޓްރީ/ އިމާރާތްތަކުގެ ރަޖިސްޓްރީ ހެދުމުގައި ގިންފަހަރު ރަނގަޅަށް ބަލަށްޖެހޭވަރަށް ނުބެލި އޮންނާތީ، މި ކަމުގެ ސަބަބުން ބައެއްފަހަރު އުދަގީތަކާއި ކުރިމަތިލާން ޖެހިފައިވާތިވެ، އެސްއޯޕީ ހެދުމުގެ ކުރިން އިދާރީ ގޮތުން މިން އަޅާއި ޗެކްކުރާނެ މީހަކު ހިމެނޭގޮތަށް އުސޫލެއް ހެދުމަށް ފެންނަކަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ކައުންސިލް ވޮލީ ޓީމަށް ހަރަދުކުރާނެ ބަޖެޓެއް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް ވޮލީ ޓީމަށް ހަރަދުކުރާނެ އަދަދެއް ކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކޮށް ކައުންސިލްގެ ބަޖެޓުން ވޮލީ ޓީމަށް -/5000 ރުފިޔާ ޚަރަދުކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ސްޕޯންސްމާއި ބެހޭގޮތުން މަޝްވަރާކުރުން.
ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމަށް ސްޕޯންސަރ ހަމަޖައްސައި ދެނީ ކައުންސިލްގެ ނައިބްރައީސް އިބްރާޙިމް ހުސައިންކަމަށް ވަނީ ހުށަހަޅާފައެވެ.
ޗެމްޕިއަން ޓީމް -/4000 ރުފިޔާ
ރަނަރަޕް ޓީމް -/1500 ރުފިޔާ
ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
މިހާރު ހުރި ފާލަށް ތަޅާލާއި އެހެން ފާލަމެއް ހެދުމާއި ބެހޭގޮތުން މަޝްވަރާކުރުން.
މިހާރު ބޭނުންކުރަމުންދާ ފާލަށް ތަޅާލައި އާ ފާލަމެއް އެޅުމާއި، އަދި ފާލަށް ހެދުމަށް0 ޑިޒައިން ހުށަހެޅުމަށް އިއުލާނެއްކުރުމަށް ފެންނަކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 9
ކައުންސިލް ވޮލީ މުބާރާތަށް ޚަރަދު ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް ވޮލީ މުބާރާތުގެ ރެފްރީންނާއި، އަދި އެހެނިހެން ޚަރަދު ކައުންސިލް ބަޖެޓުން ކުރުމަށް ނިންމުނެވެ.
ޖަލްސާގައި ބައިވެރިފަރާތްތަށް
1. ޠާރިޤު އަފީފު
2. އިބްރާޙިމް ޙުސައިން
3. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް