ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 30 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 30/2024/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 15 އޮގަސްޓް 2024
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 29 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 29 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކައުންސިލުންގެ ވަޒީފާގެ އޮނިގަނޑަށް ގެންނަށްޖެހޭ ބަދަލުތަކާއި މެދު މަޝްވަރާކުރުން.
ޤުރުއާން ކުލާހަށް ކިޔަވައިދޭނެ ޓީޗަރުން ނެގުމާއި، ކައުންސިލް ސެކިއުރިޓީ އޮފިސަރުން ނެގުމަށް އޮނިގަނޑަށް ބަދަލު ގެނަސް ސިލްވިލް ސާރވިސް ކޮމިޝަނަށް ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
މެނޭޖްމެންޓް ޑިވޮލަޕްމެންޓް ޕްރޮގުރާމް އެސްޖީ ނަމުގައި ސިނަސްޓީ އިން ހިންގާ ޓްރައިނިންގައި ބައިވެރިވުމަށް މި ކައުންސިލްގެ އެ.ސް.ޖީ ހޮވިފައިވާތީވެ މި ޓްރައިނިންގައި ބައިވެރިވުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
މެނޭޖްމެންޓް ޑިވޮލަޕްމެންޓް ޕްރޮގުރާމް އެސްޖީ ނަމުގައި ސިނަސްޓީ އިން ހިންގާ ޓްރައިނިންގައި ބައިވެރިވުމަށް މި ކައުންސިލްގެ އެ.ސް.ޖީ ހޮވިފައިވާތީވެ 1 ސެޕްޓަމްބަރ 2024 އިން 5 ސެޕްޓަމްބަރ 2024 އަށް މި ޓްރައިނިން ޕްރޮގުރާމަށް ކައުންސިލުގެ އެ.ސް.ޖީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ޓްއަރިޒަމް ޕްލޭންގެ ކުރެހުން ފާސްކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
ޓްއަރިޒަމް ޕްލޭންގް ކުރެހުން ރަނގަޅު ކަމާއި ކުރެހުމާއި އެއްގޮތަށް ބިޑްހުޅުވުމަށް އިއުލާނެއް ކުރުމާއި، އަދި އިޢުލާން ކުރާއިރު 50 އަހަރަށް ކުއްޔަށް ދިނުމާއި، ބިޑު ވިއްކާ ރޭޓެއްގެ ގޮތުގައި -/1500 ރުފިޔާ ކަމާއި ގްރޭސްޕީރިއަޑް 5000 އަކަފޫޓަށް ވުރެ ބޮޑުނަމަ 3 އަހަރަށް 2000 އަކަފޫޓަށް ވުރެ ކުޑަ ނަމަ 2 އަހަރަށް ދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ޤުރުއާން ކުލާސް އިމާރާތް އެޅުމަށް ބޭނުންވާ ބަޖެޓް ފާސްކުރުން
ޤުރުއާން ކްލާހަކާއި ޕްރީސްކޫލް ޚިދުމަތަކީ މިހާރު ކައުންސިލުން ކޮންމެހެންވެސް ފޯރުކޮށްދޭން ޖެހިފައިވާ ޚިދުމަތްތަކެއްކަމަށްވާތީ ، ކައުންސިލްގެ އެހެނިހެން ޚަރަދުތައް ކުޑަކޮށްގެން ނަމަވެސް މިޚިދުމަތްތައް ފެށުމަށް ފެންނަކަމަށާއި އަދި ވީހާވެސް އަވަހަށް މިޚިދުމަތްތައް ފެށުމަށް ކައުންސިލްގެ ބަޖެޓުން ޚަރަދުކޮށްގެން މިއަހަރު ތެރޭގައި އިމާރާތެއް އެޅުމަށާއި އަދި މި ޕްރޮޖެކްޓަށް ޖުމްލަ އަށް ލައްކަ ރުފިޔާ ޚަރަދު ވާނެ ކަމަށް ފެންނާތީވެ ، މިއަހަރު 2024 ވަނަ އަހަރުގެ ބަޖެޓުން ފަސްލައްކަ ރުފިޔާ ޚަރަދުކުރުމަށް ފެންނަކަމަށް ނިންމުނެވެ.
ޖަލްސާގައި ބައިވެރިފަރާތްތަށް
1. ޠާރިޤު އަފީފު
2. އިބްރާޙިމް ޙުސައިން
3. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް