2024 ވަނަ އަހަރުގެ 31 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 31 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                     ނަންބަރު: 31/2024/04

ޖަލްސާ ބޭއްވިތަން:       ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   22 އޮގަސްޓް 2024

ޖަލްސާ ފެށި ގަޑި:       14:00

ޖަލްސާ ނިމުނު ގަޑި:     15:00

ޖަލްސާ މެދުކަނޑާލެވުނު:     -

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 30 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 30 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ކައުންސިލްގެޚާއްސަ ހޮޓްލައިން ނަންބަރެއް ހެދުން.

ކައުންސިލް ހޮޓްލައިން ނަންބަރެއް ހެދުމާއި ބެހޭގޮތުން މަޝްވަރާކޮށް ކައުންސިލު އިދާރާއިގެ މިހާރުބޭނުން ކުރަމުންދާ ވައިބަރ ނަންބަރ (7916100) ކައުންސިލް އިދާރާއިގެ ހޮޓްލައިން ނަންބަރަކަށް ބަދަލުކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ފުޓްސަލް ދަނޑުން ނަގާލި ކާޕެޓްތައް ނީލަން ކިޔުމަށް އަގު ފައިނަލް ކުރުން.

ފުޓްސަލު ދަނޑުން ނަގާލި ކާޕެޓްތަށް ނީލަން ކިޔުމަށް އަގަކާއި ދޭތެރޭ މަޝްވަރާކޮށް ކާޕެޓްތަށް 10 ރުފިޔާއަށް ނީލަން ކިޔުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ފެހެލާ އިން ވެލި ނަގާ މައްސަލަ ހައްލުކުރާނެ ގޮތަކާއި މެދު މަޝްވަރާކޮށް ގޮތެް ނިންމުން.

ފެހެލާއިން ވެލި ނަގާ މީހުންނާއި ދޭތެރޭ ފިޔަވަޅު އެޅުމާއި އަދި ވެލި ނަގާ މީހުންނަކީ ކޮންބައެއްކަށް ދެނެގަތުމަށްޓަކައި ކޮންމެ ދުވަހަކުވެސް ވަކި ގަޑިއެއްގައި ޑްރޯންއެއް އެރުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ވިޔަފާރި ބިމުގެ ގުރެސްޕީރިއަޑް އިތުރު ކުރުމަށް ނައުޝޫދު ވަހީދު ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ވިޔަފާރި ބިމުގެ ގުރެސްޕީރިއަޑް އިތުރު ކުރުމަށް ނައުޝޫދު ވަހީދު ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ގްރެސް ޕީރިއަޑް 1 މަސް ދުވަހަށް އިތުރުކުރުމަށް ފެންނަކަމަށް ނިންމުނެވެ.

 ޖަލްސާގައި ބައިވެރިފަރާތްތަށް

1.      ޠާރިޤު އަފީފު

  1. 2. އިބްރާޙިމް ޙުސައިން

3. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް