ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 32 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 32/2024/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 29 އޮގަސްޓް 2024
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 31 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 31 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ޤުރުޢާން މުބާރާތަށް ހޮވުނު ދަރިވަރުންނަށް މުޤައްރަރު ފަރިތަކުރުމަށް ސެޝަން ތަކެއް ކުރިއަށް ގެންދިއުމާއި މެދު މަޝްވަރާކުރުން
ޤައުމީ ޤުރުޢާން މުބާރާތް ބާއްވާނެ ތާރީޚު ބެލުމަށްފަހު، މިކަން ކުރިޔަން ގެންދަން ފެންނަކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމާއި މެދު މަޝްވަރާކުރުން
2024 ވަނަ އަހަރުގެ އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިވެންޓެއް ބޭއްވުމަށާއި އަދި މި އިވެންޓްގައި ކައުންސިލްގެ ފަރާތުން ކޮންމެ މީހަކަށް ހަދިޔާއެއް ދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ކާޕެޓް ނީލަން ކިޔުމަށް ކުރިން ނިންމާފައިވާ އަގު ބަދަލުކުރުމާއި މެދު މަޝްވަރާކުރުން
ފުޓްސަލުން ނަގައިލި ކާޕެޓް ނީލަން ކިޔުމަށް ނިންމާފައިވާ ގޮތަށް ނީލަމުގެ ކަންކަން ކުރިޔަން ގެންދެވޭނެ ކަމަށް ނުފެންނާތީވެ، އެ ނިންމުން ބާޠިލް ކޮށް އަދި ކާޕޭޓް ރޯލެއް ފެށޭ އަަގަކީ ކުޑަ ރޯލެއް 100 އަށް އަދި ބޮޑު ރޯލެއް 300ރފ އާއި ނިލަން ކިޔުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ބަޖެޓުން ޚަރަދު ކުރުމަށް ކޯޑް ބަދަލުކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
އތ.މ ކޮމެޓީއަށް ހުއްޓާ ކޮޑާ ބެއްލެހެއްޓުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ފައިސާ ދިނުމަށްޓަކައި ކައުންސިލުގެ J_GOM 211001 ކޯޑުން 11000ރފ L-CWDF ފަންޑުގެ 228010ކޯޑަށް ބަދަލުކުރުމަށް ފެންނަކަމަށް ނިންމުނެވެ.
ޖަލްސާގައި ބައިވެރިފަރާތްތަށް
1. ޠާރިޤު އަފީފު
2. އިބްރާޙިމް ޙުސައިން
3. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް
4.ސިމާޙް އިބްރާޙިމް
5.އައްބާސާ މުޙައްމަދު