ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 33 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 33/2024/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 03 ސެޕްޓަމްބަރ 2024
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި: 12:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 32 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 32 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
އާބިދު އަބްދުﷲ ކުއްޔަށް ނަގާފައިވާ ދަނޑުބިމާއި ބެހޭގޮތުން ހުށަހަޅާފައިވާ ސިޓީއާއި މެދު މަޝްވަރާކޮށް ގޮޔތެއް ނިންމުން.
ދަނޑުވެރިކަމުގެ މަސައްކަތަށް ކުއްޔަށް ދީފައިވާ ބިންތަން ހިމެނޭ ސަރަހައްދުގެ ބިމުގައި ފެން ނެތުމުގެ ސަބަބުން އެތަނުގައި މަސައްކަތް ކުރާ މީހުންނަށް ވަރަށްބޮޑެތި ދަތިތަކާއި ކުރިމަތި ލާންޖެހިފައިވާތީއާއި އަދި އެގޮތުން އެދަނޑުތަކުގައި މަސައްކަތް ފެށުމަށް އެކަށީގެންވާ މުއްދަތެއް ނަގާނެ ކަމަށް ފެންނާތީ އެބިންތަކުގެ ގްރޭސް ޕީރިއަށް އިތުރު 6 މަހަށް އިތުރުކުރަން ފެންނަކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ބަންގި ގޮވަން ދަސްކޮށދޭ ޕްރޮގްރާމެއް ހިންގުމާއި މެދު މަޝްވަރާކުރުން
ގްރޭޑް 8 9 އަދި 10 ގެ ދަރިވަރުންނަށް ބަންގޮ ގޮވަން ދަސްކޮށްދޭ ޕްރޮގާރާމެއް ހިންގުމަށް ބޭނުންވާތީ ، މިކަން ކުރުމަށްޓަކައި މިސްކިތުގެ އިމާމު އާއި ވާހަކަ ދައްކައިގެން މިޕްރޮގްރާމް ކުރިޔަން ގެންދަން ފެންނަކަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ކައުންސިލްގެ ރައީސް އަހަރީ ޗުއްޓީ ނެގުމަށް އެދިފައިވާތީ، ރައީސްއަށް ޗުއްޓީ ހަމަޖެއްސުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން
ކައުންސިލްގެ ރައީސް އެދިފައިވާގޮތަށް އަހަރީ ޗުއްޓީ ދޭން ފެންނަކަމަށް ނިންމުނެވެ.
ޖަލްސާގައި ބައިވެރިފަރާތްތަށް
1. ޠާރިޤު އަފީފު
2. އިބްރާޙިމް ޙުސައިން
3. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް
4.ސިމާޙް އިބްރާޙިމް
5.އައްބާސާ މުޙައްމަދު