2024 ވަނަ އަހަރުގެ34 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 34 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

  

                                                  ނަންބަރު: 34/2024/04

ޖަލްސާ ބޭއްވިތަން:       ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:    11 ސެޕްޓަމްބަރ 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:      12:00                         

ޖަލްސާ މެދުކަނޑާލެވުނު:     -                                        

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 33 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 33 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ކޭޑް ޖަމިއްޔާއިން ހިންގުމަށް ރާވާފައިވާ ފުޓްބޯޅަ އެކަޑެމީއަށް ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކުޅިވަރު ސާމާނު ހޯދުމަށް އެދި ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން

ކައުންސިލްގެ ކުޅިވަރު ސާމަނު، ކުރިއަށް އޮތް ވޮލީ މުބާރާތުގެ ޕްރެކްޓިސްއަށް ދަތި ނުވާނެގޮތަކަށް ކުޅިވަރުގެ ސާމާނު ދޫކުރުމަށް ފެންނަކަމަށް ހުށަހެޅުންވިއެވެ.

ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ކަނޑުހުޅުދޫ ސްކޫލްގެ ފަރާތުން އެތްލެޓިކްސް މުބާރާތަށް ޕްރެކްޓިސް ކުރުމަށް ފުޓްބޯޅަ ދަނޑު ސާފުކޮށްދިނުމަށް އެދި ފޮނުވާފައިވާ ސިޓިއާއި ބެހޭގޮތުން މަޝްވަރާކުރުން

ފުޓްބޯޅަ ދަނޑު ސާފުކުރުމުގެ މަސައްކަތަކީ ބޮޑު މަސައްކަތެއްކަމުން، ރަށުގެ ހުރިހާ މުއައްސަސާތަކާއި، ސްކޫލެގެ ބެލެނިވެރިންނާއި ގުޅިގެން ސާފުކުރުމުގެ މަސައްކަތު ދުވަހެއް ކަނޑައަޅައި ކުރިއަށް ދިއުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ކޯރު ސަރަޙައްދަށް ޑިންގީ ފަހަރު މަރާމާތުކުރުމަށް ޚާއްސަ ހުއްދައެއް ދިނުމާމެދު މަޝްވަރާކޮށް ގޮތެއް ނިންމުން

ކައުންސިލުން ދާއިމީކޮށް ޑިންގީ ފަހަރު މަރާމާތުކުރުމަށް ތަނެއް ހެދުމުގެ ކުރިންވެސް، ކޯރުގައި ޑިންގީފަހަރު މަސައްކަތްތކުރާނަމަ ކައުންސިލަށް އަންގައި ހުއްދަ ހޯދާގޮތަށް ހަދައި އިޢުލާންކުރުމަށާއި އަދި މިކަން ހުރިހާ ޑިންގީފަހަރުތަކަށް ވަކިވަކިން ސިޓީފޮނުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ރާވެރިޔާ މުބާރާތުގައި ކައުންސިލްގެ ފަރާތުން އިސްކޮށް ހަރަކާތްތެރިވާނެ ފަރާތެއް ކަނޑައެޅުން

ރާވެރިޔާ މުބާރާތުގެ އިސްކޮށް ހަރަކާތްތެރިވުމަށް ތިރީގައިވާ ކޮމީޓި ކަނޑައެޅުމަށް ނިންމުނެވެ.

އެގޮތުން އަންހެން ވޮލީ ޓީމަށް- މެންބަރ އައްބާސާ މުޙައްމަދު، ޒަމާރަތު އަޙްމަދު، އައިޝަތު އަނާ، މަރިޔަމް ޢިލްމާ، ހައިފާ ޙުސައިން، ޝާއިރާ އިބްރާހީމް ދިދީ އަދި ފިރިހެން ޓީމަށް މެންބަރ ސިމާޙް އިބްރާހިމް. އަމަން ފާއިޒް، ޙަސަން އާލިމް

އެޖެންޑާ އައިޓަމް 7

އިސްރައްވެހިންގެ ދުވަސް ފާހަގަކުރުމަށް ސެޝަންއެއް ނެގުމަށް މީހަކު ގެނައުމާމެދު މަޝްވަރާކުރުން

އިސްރައްވެހިންގެ ދުވަހާއި ގުޅިގެނއެވެއާނެސް ސެޝަންއެއް ނަގައިދިނުމަށް، ކައުންސިލުން ޓިކެޓްއާއި ފުޑް އެކަމޮޑޭޝަން ހަމަޖައްސާގޮތަށް އެކަމާގުޅޭ ފަރާތެއް ގެނައުމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1.      ޠާރިޤު އަފީފު

  1. 2. އިބްރާޙިމް ޙުސައިން

3. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް

4.ސިމާޙް އިބްރާޙިމް

5.އައްބާސާ މުޙައްމަދު