.png)
ޖަލްސާ ބޭއްވިތަން: ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 22 ސެޕްޓެމްބަރ 2022
ޖަލްސާ ފެށި ގަޑ: 11:00
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 ވަނަ އަހަރުގެ 33 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
ކައުންސިލްގެ 04 ވަނަ ދައުރުގެ 2022 އަހަރުގެ 33 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ހިޔަލީގޭގެ ހުރި ރުއްތަކުން ވަހީދާމަންޒިލް ގޭގައި ދިރިއުޅޭ ފަރާތްތަކަށް ގެއްލުން ވަމުންދާތީ، އެކަން ހައްދުކޮށްދިނުމަށް، ވަހީދާ ވަހީދާ މަންޒިލް ފޮނުވިވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
ހިޔަލީގޭގެ ހުރި ރުއްތަކުން ވަހީދާމަންޒިލް ގޭގައި ދިރިއުޅޭ ފަރާތްތަކަށް ގެއްލުން ވަމުންދާތީ، އެކަން ހައްދުމަކޮށްދިނުމަށް، ވަހީދާ މަންޒިލް ފޮނުވިވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އެގޮތުން މަގުމައްޗައް ވާގޮތަށް ހުންނަ އެކަހަލަ ރުއްތައް ސާފުކޮށް ބެލެހެއްޓުމަށް ގޭގެ ވެރިފަރާތައް އެންގުމަށް މަޝްވަރާކުރެވުނެވެ. އަދި ދެފަރާތުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރުމަށް ނިންމާފައިވެއެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 4
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންއަހަރު ފާހަގަކުރުމަށް ބޭއްވޭ ހާއްސަ ޙަފްލާގައި ކައުންސިލް ރައީސްއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ބައިވެރިވާން ހަމަޖެހިފައިވާތީ އެކަން މެންބަރުންނާއި ހިއްސާކުރުން.
ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންއަހަރު ފާހަގަކުރުމަށް ބޭއްވޭ ހާއްސަ ޙަފްލާގައި ކައުންސިލް ރައީސް އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ބައިވެރިވާން ހަމަޖެހިފައިވާތީ އެކަން މެންބަރުންނާއި ހިއްސާކޮށްފައިވެއެވެ.
އެޖެންޑާ އައިޓަމް 5
ދާލު އަތޮޅަށް، ގއ. އަތޮޅު ކައުންސިލުން ކުރުމަށް ރާވާފައިވާ ދަތުރުގައި ރަށު ކައުންސިލްގެ ފަރާތުން ބައިވެރިވާނެ މެންބަރެއް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން.
ދާލު އަތޮޅަށް، ގއ. އަތޮޅު ކައުންސިލުން ކުރުމަށް ރާވާފައިވާ ދަތުރުގައި ރަށު ކައުންސިލްގެ ފަރާތުން ބައިވެރިވާނެ މެންބަރެއް ކަނޑައެޅުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ހުރިހާ މެމްބަރުންވެސް އެއްބަސް ވެފައިވަނީ މި ދަތުރުގައި ކައުންސިލް މެމްބަރ އައްބާސާ މި ދަތުރުގައި ބައިވެރިވުމަށެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
22 ސެޕްޓެމްބަރ 2022