2024 ވަނަ އަހަރުގެ 35 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 35 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                     ނަންބަރު: 35/2024/04

ޖަލްސާ ބޭއްވިތަން:       ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   17 ސެޕްޓަމްބަރ 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:                                   

ޖަލްސާ މެދުކަނޑާލެވުނު:     -                                        

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 34 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 34 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ކޯޑު ބަދަލުކުރުން 423001 - 211001

423001 އިން 211001 ކޯޑު ބަދަލުކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ކެރެދި މޯލްޑިވެސް އިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން

ކަނޑުހުޅުދޫ ނަރުދަމާގެ އައުޓު ފޯލްގެ މައްޗަށް އަރާފައިވާ ބޯޓު ނައްތާ ލައްޔާ އެމީހުން ބޮޓު އޮތް ތަނުން ނަގައިގެން ދާންޖެހޭނެކަމާއި، އަދި ކައުންސިލް ބިމެއްގައި ބޮޓު ނައްތާލައްޔާ ކައުންސިލަށް 50،000 ރުފިޔާ ދައްކަށް ޖެހޭނެކަމަށް ސިޓީގެ ޖަވާބު ފޮނުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ރާވެރިޔާ މުބާރާތަށް ޚަރަދުކުރުމަށް ބަޖެޓެއް ފާސްކުރުން

ރާވެރިޔާ މުބާރާތުގެ ކަނޑުހުޅުދޫއިން  ޓީމް ބައިވެރި ކުރުމާއި، އަދި މުޅި މުބާރާތަށް 40،000 ރުފިޔާ ކައުންސިލް ބަޖެޓްއިން ހަރަދުކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ޕިކްނިކް އައިލެންޑް ގޮތުގައި ފެހެލާ ހެދުމަށް ބޭނުންވާ ސާމާނު ފޮރުކޮށްދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ޕިކްނިކް އައިލެންޑް ގޮތުގައި ފެހެލާ ތަރައްޤީކުރުމަށް ބޭނުންވާ ސާމާނު ކައުންސިލް ފޯރުކޮށްދިނުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 7

ފުޓުބޯޅަ ދަނޑު ސާފުކުރުމަށް ބަޔަކާ ހަވާލުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

ފުޓުބޯޅަ ދަނޑު ސާފުކުރުމަށް ބަޔަކާ ހަވާލުކުރުމަށް 15،000 ރުފިޔާ ކައުންސިލް ބަޖެޓް އިން ޚަރަދުކުރުމަށް ހުށަހެޅުންވިއެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1.      ޠާރިޤު އަފީފު

  1. 2. އިބްރާޙިމް ޙުސައިން

3. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް

4.ސިމާޙް އިބްރާޙިމް

5.އައްބާސާ މުޙައްމަދު