ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 36 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 36/2024/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 26 ސެޕްޓަމްބަރ 2024
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި:
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 35 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 35 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކޯޑު ބަދަލުކުރުން 220002 – 423001 , 226005 – 223011 , 226002 – 223011
220002 – 423001 , 226005 – 223011 , 226002 – 223011 ކޯޑު ބަދަލުކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ގަރާޖްތަކަށް ދޫކުރާ ލިޔުންތަކުން ފީނެގުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ގަރާޖްތަކަށް ދެވޭ ހިދުމަތެއްގެ ގޮތުގައި ކައުންސިލުން ދޫކުރާ ލިޔުންތަކަށް ފޯމްއާއެކު 50 ރުފިޔާ ނެގުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ގޯތި ބާތިލް ކުރުމާއި ގުޅޭގޮތުން ކޮށްފައިވާ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރުން.
ގޯތި ބާތިލް ކުރުމަށް ކައުންސިލަށް ކޮށްފައިވާ އިއުލާއި އެއްގޮތަށް އަމަލުކޮށްފައި ނުވާތީވެ، އިތުރަށް މަސައްކަތް ކުރުމަށް 15 ދުވަސް ދިނުމާއި 15 ދުވަސް ތެރޭގައި ގޯތީގެ ވަށާފާރު ރާނާ ނިންމުމަށް އަދި 15 ދުވަސް ތެރޭގައި ގޯތީގެ ވަށާފާރު ރާނާ ނުނިމިއްޖެ ނަމަ ގޯތި ބާތިލް ވާނެ ކަމަށް އަޙްމަދު ޒާހިރުއަށް ސިޓީ ފޮނުވުމާއި، އަދި ކުރިންކޮށްފައިވާ އިއުލާނާ އެއްގޮތަށް ހުސައިންދީދީ ގޯތި ބާތިލް ކުރެވިފައިވާ ކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ރާވެރިޔާ މުބާރާތަށް ކޯޗްކަށް ކޮށްދޭ ފަރާތަށް ބަޖެޓް ކަނޑައެޅުން.
ރާވެރިޔާ ވޮލީބޯޅަ މުބާރާތުގެ ޓްރައިނިން ޕްރޮގުރާމް ހިންގުމަށް ދުވާލަކަށް 500 ރުފިޔާގެ ރޭޓުން 70 ދުވަހަށް މީހަކު ގެނައުމަށް ނިންމުނެވެ. އަދި ކައުންސިލްގެ 35 ވަނަ އާންމު ބައްދަލުވުމުގައި ކައުންސިލުން ވަނީ ރާވެރިޔާ މުބާރާތުގެ ކަނޑުހުޅުދޫއިން ޓީމް ބައިވެރި ކުރުމާއި، އަދި މުޅި މުބާރާތަށް 40،000 ރުފިޔާ ކައުންސިލް ބަޖެޓްއިން ހަރަދުކުރުމަށް ނިންމާފައެވެ. އަދި 40،000 ރުފިޔާގެ ތެރެއިން ކޯޗުގެ ޚަރަދާއި ، އަދި އެހެނިހެން ޚަރަދުވެސް ކުރުމަށްވެސް ވަނީ ނިންމާފައެވެ.
އެޖެންޑާ އައިޓަމް 7
ޓޫރިޒަމް ޒޯންގެ އިކިއުޒިޝަން ފީ ކަނޑައެޅުން.
ޓޫރިޒަމް އިކިއުޒިޝަން ފީއެއްގެ ގޮތުގައި 50،000 ރުފިޔާ ނެގުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
މީޓީންހީލްގެ ނަން އެޅުމުގެ މަސައްކަތްތަށް ލިބިފައިވާ ކޯޓޭޝަންތަކާއި މެދު މަޝްވަރާކުރުން.
ކައުންސިލް އިދާރާގެ މީޓިން ރޫމްގެ ނަން އެޅުމާއި ޑިޒައިނަށް 29،000 ރުފިޔާއަށް ހުށަހަޅާފައިވާ ކޯޓޭޝަނާ އެއްގޮތަށް މަސައްކަތް ކުރިއަށް ގެއްދިއުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 9
މަގުމަތީ ބައްތި ތަކުގެ ކޭބަލް ބަދަލުކުރުމާއިމެދު މަޝްވަރާކޮށް ގޮތެއް ނިންމުން
މަގުބައްތިތަކުގެ ކޭބަލް ބަދަލުކުރުމަށް ކައުންސިލް ބަޖެޓްގެ ހުރިވަރަކުން މަސައްކަތް ކުރުމާއި، އަދި މަސައްކަތް ކުރިއަށް ގެންދިއުމަށް އިތުރަށް ލާރި ހޯދުމަށް އެލްޖީއަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 10
ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އަތޮރިޓީ ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮކްޓޯބަރ 13 އަދި 14 ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު ރީޖަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ފޯރަމުގައި މި އިދާރާގެ މުވައްޒަފު ހަސަން އާލިމް ފޮނުވުމަށް ނިން،ުނެވ.
ޖަލްސާގައި ބައިވެރިފަރާތްތަށް
1. އިބްރާޙިމް ޙުސައިން
2. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް
3.ސިމާޙް އިބްރާޙިމް
4.އައްބާސާ މުޙައްމަދު