2024 ވަނަ އަހަރުގެ 37 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 37 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                     ނަންބަރު: 37/2024/04

ޖަލްސާ ބޭއްވިތަން:       ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   03 އޮކްޓޫބަރ 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:                                   

ޖަލްސާ މެދުކަނޑާލެވުނު:     -                                        

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބް ރައީސް އިބްރާޙިމް ޙުސައިން)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 36 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 36 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ އެގްރީމެންޓާއި ޚިލާފަށް ބައެއްފަރާތްތަކުން ވިޔަފާރި ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ މަޢުލޫމާތު ލިބެމުންދާތީވެ މިކަމާ ގުޅޭގޮތުން މަޝްވަރާކުރުން.

ކުއްޔަށް ދޫކޮށްފައިވާ ވިޔަފާރި ބިންތަކުގައި ޤަވާއިދާ ހިލާފަށް ވިޔަފާރިކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާތީ އެކަަމުގައި މަޝްވަރާކޮށް ކައުންސިލުން ދޫކޮށްފައިވާ ވިޔަފާރިބިންތަކުގެ އެގްރީމަންޓާއި އެއްގޮތަށް ބިންތަކުގައި މަސައްކަތް ކުރަމުން ގެންދިއުމަށް ވިޔަފާރި ބިންތަކުގެ ވެރިންނަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ކެދެޅުމާގެ އިމު ތަކުގެ މައްސަލަ ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން.

ކެދޮޅުމާގެ އިމުތަކުގެ މައްސަލާގައި މަޝްވަރާކޮށް ކައުންސިލުން ވަނީ ކެދޮޅުމާގެ އަޙްމަދު އަލީ އަތުގަ މިހާރު އޮތް ރަޖިސްޓްރީ ބާތިލްކޮށް ކައުންސިލް އިދާރާގެ ފޮތުގަ އިންމިނަށް އަލުން ރަޖިސްޓްރީ ހެދުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

އިވެންޓްތަށް ބޭއްވުމަށް ބީޗް ފުލެގް ހެދުމާއި ބެހޭގޮތުން މަޝްވަރާކުރުން.

 ކައުންސިލުން ބާއްވާ އެކި އެކި އިވެންޓްތަކުގައި ބޭނުންކުރުމަށް އިވެންޓް ފުލެގް ހެދުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އަތޮރިޓީ ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން. ކުނި ކޮށީގެ ހުރި ކުނިތައް ބަޔަކާއި، ހަވާލުކޮށްގެން ހުސްކުރުން.

ކުނިކޮށީގެ ހުރި ކުނިތަށް ނައްތާލުމަށް ބަޔަކާ ހަވާލުކުރުމަށް މަޝްވަރާކޮށް، ކުނި ނައްތާލުމަށް 35،000 ރުފިޔާއަށް ވުރެ ބޮޑުނުވާނަމަ އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

 

 

އެޖެންޑާ އައިޓަމް 7

ރަށާއި، ބެހޭ ޑޮކިއުމެންޓްރީއެއް ހެދުމަށް އަންނަ ބޭފުޅުންގެ އެކަމަޑޭޝަން ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރުން.

 ރަށާ ބެހޭ ޑޮކިއުމެންޓްރީއެއް ހެދުމަށް އަންނަށް މީހުންގެ ޚަރަދު ކައުންސިލް ބަޖެޓް އިން ކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 8

ހުސައިން ދީދީ ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ގޯތީގެ ވަށާފާރު ރޭނުމަށް އިތުރު 8 މަސް ދިނުމަށް ޙުސައިން ދީދީ ފޮނުވާފައިވާ ސިޓީ ބެހޭގޮތުން މަޝްވަރާކޮށް ކައުންސިލުން ގޯތިތަކުގެ ވަށާފާރި ރޭނުމަށް ދީފައިވާ މުއްދަތުގައި އެއްވެސް ގޮތަކަށް މަސައްކަތް ކޮށްފައި ނުވާތީވެ. އިތުރަށް 8 މަސް ދެވެން ނެއްކަމާއި، ގޯތި ބާތިލުކުރުމަށް ކޮށްފައިވާ އިއުލާނާ އެއްގޮތަށް ގޯތި ބާތިލް ކަމަށނިންމުނެވެ.

 

އެޖެންޑާ އައިޓަމް 9

އެޗް އެންޑް އެސް ލޮޖިސްޓިކްސް އިން ފޮނުވާފައިވާ ސިޓީއާ ބެހޭގޮތުން މަޝްވަރާކުރުން.

އެޗް އެންޑް އެސް ލޮޖިސްޓިކްސް އިން ފޮނުވާފައިވާ ސިޓީ މާފެހަލާ ގައި ދަނޑުވެރިކަށް ކުރުމާއި ގެެސްޓްހައުސް ވިޔަފާރީގެ މަސައްކަތްކުރުމަށް ޝައުގުވެރިވާތީވެ، ކައުންސިލުންވަނީ މިހާރު މާފެހަލާގައި ޕިކްނިކް ރަށެއްގެ ގޮތުގައި ހެދުމަށް ރަށުގެ ޒުވާނުން މަސައްކަތް ކުރަމުންދާތީވެ، އެމީހުންނާ ވާހަކަ ދައްކާފަ ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1. އިބްރާޙިމް ޙުސައިން

2. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް

3.ސިމާޙް އިބްރާޙިމް

4.އައްބާސާ މުޙައްމަދު