ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 38 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 38/2024/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 10 އޮކްޓޫބަރ 2024
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި:
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 37 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 37 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ގޯތިތަކުގެ ރަޖިސްޓްރީ ހެދުން
އިހުގެ ގޯތިތަކުގެ ތެރެއިން 5000 އަކަފޫޓަށްވުރެ ބޮަޑުކޮށް ހުރި ގޯތިތަށް ކައުންސިލް އިދާރާގެ ފޮތުގަ އިން މިނަކީ ރަގަނޅު މިނަށް ކަމަށް ބަލާ އެ މިނަށް ގޯތިތަކުގެ ރަޖިސްޓްރީ އަލުން ހަދައިދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ސާފުނުކުރާ ގޯތިތަކުގެ ވެރިން ޖޫރިމަނާކުރުން.
ސާފުނޮކޮށް ހުރި ގޯތި ތަކުގެ ލިސްޓެއް ހެދުމާއި، އަދި ރަށުތެރޭގައި ސާފުނުކޮށް ހުރި ގޯތިތަށް ބަލައި ކަނޑައެޅުމަށް ކައުންސިލް އިދާރާގައި އިސްކޮށް ހަރަކާތްތެރިވާނެ ބައެއްގެ ގޮތުގައި ކައުންސިލް 5 މެމްބަރުންނާއި، އަދި އިދާރީގޮތުން ހަސަން އާލިމް އަދި އާމިންތު ޝިފާނާ ދިއުމަށް ނިންމުނެވެ.
ޖަލްސާގައި ބައިވެރިފަރާތްތަށް
1. ތާރިޤް އަފީފް
2. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް
3.ސިމާޙް އިބްރާޙިމް
4.އައްބާސާ މުޙައްމަދު