2024 ވަނަ އަހަރުގެ 39 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 39 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                     ނަންބަރު: 39/2024/04

ޖަލްސާ ބޭއްވިތަން:       ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   16 އޮކްޓޫބަރ 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:                                   

ޖަލްސާ މެދުކަނޑާލެވުނު:     -                                        

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 39 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 39 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

 

އެޖެންޑާ އައިޓަމް 3

މުފީދު އަލީ ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ލޭންޑްސް ޕްލޭނާ އެއްގޮތަށް ވިޔަފާރިބިންތަކަށް ކައުންސިލުން އިއުލާންކުރުމުން އިއުލާނާ އެއްގޮތަށް ބިންތަކަށް ކުރިމަތުލުމަށް  މުފީދު އަލީއަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

ކެކުރިމާގެ ހަލީމާ ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.

ކައުންސިލް ރަޖިސްޓްރީ ހަދާއި ނުދިންކަމަށް ބުނެ ހަޤީގަތާއި ހިލާފް ވާކަތަށް ދައްކަމުން ދާތީވެ ، ކެކުރީމާގެ ހުރިހާ ވާރިސުން ކައުންސިލް އިދާރާއަށް ހާޞިރުކޮށް  އެކަށް އޮތްގޮތް ހުރިހާ ވާރިސުންނަށް ކިޔާއި ދިނުމަށް ފަހު އަދި ކައުންސިލުން ބަލަށްޖެހޭ ކަންތަށްތަށް ބެލުމަށް ފަހު ކެކުރިމާގެ ރަޖިސްޓްރީ ހެދުމުގެ ކަންތަށް ކުރިއަށް ގެއްދިއުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

މައިކައުންސިލް ޕްރޮޕޯސަލް އާއި ބެހޭގޮތުން މަޝްވަރާކުރުން.

ޕްރޮޕޯސަލްގެ އިން އަގު ބޮޑުކަމާއި މިއަށްވުރެ ކުޑަ އަގެންނަމަ ވާނެކަމަށާއި އަދި ކުޑަ ރަށްތަކަށް ހިދުމަތް ދިނުމުގައި ހުރި ޕެކޭޖްތަށް ކައުންސިލަށް ފޮނުވާއި ދެއްވުމަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ވިޔަފާރި ބިންތައް އިޢުލާން ކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

ލޭންޑް ޔޫސް ޕްލޭންގައި ކަނޑައަޅާފައިވާގޮތަށް ވިޔަފާރި ބިންތައް ކުއްޔަށް ދިނުމަށާއި އަދި ކުއްޔަށްދޭ ބިންތަކުގެ ގްރޭސް ޕީރިއަޑްގެ ގޮތުގައި 1 އަހަރު ދުވަސް ހަމަޖެއްސުމަށް ފެންނަކަމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1. ތާރިޤް އަފީފް

2. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް

3.ސިމާޙް އިބްރާޙިމް

4.އައްބާސާ މުޙައްމަދު