2024 ވަނަ އަހަރުގެ 40 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 40 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                     ނަންބަރު: 40/2024/04

ޖަލްސާ ބޭއްވިތަން:       ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   23 އޮކްޓޫބަރ 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:                                   

ޖަލްސާ މެދުކަނޑާލެވުނު:     -                                        

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 39 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 39 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

 

އެޖެންޑާ އައިޓަމް 3

ގއ.ކަނޑުހުޅުދޫ ނޫވިލާގެ މަރްޔަމް އިސްމާއިލްގެ ރަށްވެހިކަށް ބަދަލުކުރުމާއި ގުޅޭގޮތުން ތިނަދޫ ސިޓީ ކައުންސިލްގެ އިދަރާއިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުން

ރަށްވެހިކަން ބަދަލުކުރުމަށް ހެދިފައިވާ ޤާނޫނު ތަކާއި ޤަވާއިދުތަކާއި އެއްގޮތަށް ތިނަދޫ ސިޓީ ކައުންސިލުން ފޮނުވާފާއިވާ 5އަދި6 ނަންބަރ ފެކްސް މެސެޖް ގައި އެދިފައިވާ 2 ފަރާތުގެ ރަޖިސްޓްރީ ބަދަލުކުރުމަށް ބޭނުންވާ މައުލޫމާތު ފޮނުވަން ފެންނަކަމަށާއި އަދި ރަށްވެހިކަށް ބަދަލުކުރާ ފަރާތްތަކުން ކައުންސިލަށް ފައިސާދައްކަން ޖެހޭނެ ކަމަށް ނިންމާފައިވާ ނިންމުން ބާޠިލްކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 4

5.ދަނޑުވެރިކަމަށް ބިމެއް ހޯދުމަށް މިނިވަންހިޔާ ރުގިއްޔާ އާދަމް ފޮނުވާފައިވާ ސިޓީއާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން

ދަނޑުވެރިކަމަށް ބިން ދޫކުރުމަށް ކައުންސިލުން ހުޅުވާލުމަށް އެކަމަށް ކުރިމަތިލުމަށް އެފަރާތަށް އަންގަން ފެންނަކަމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 5

ބަނދަރުން ފެންދޫކުރުމަށް ހަދާފައިވާ އުސޫލާއިމެދު މަޝްވަރާކޮށް  އުސޫލު ފާސްކުރުން

 ބަނދަރު ފެންދޫކުރުމަށް ހަދާފައިވާ އުސޫލާއި ބެހޭގޮތުން މަޝްވަރާކޮށް ދެން އޮންނަ ކައުންސިލް ޖަލްސާގައި އުސޫލު ފާސްކުރުމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 6

ވެކްޓަރ ކޮންޓްރޯލް ކޮމެޓީގެ މަސައްކަތް ފެށުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

.ވެކްޓަރ ކޮންޓްރޯލް ކޮމެޓީގެ މަސައްކަތް ފެށުމާއި މެދު މަޝްވަރާކޮށް ވެކްޓަރ ކޮމެޓިގެ ޗެއާރ އަކަށް ކައުންސިލް މެމްބަރ އައްބާސާ މުޙައްމަދު ހަމަޖެއްސުމަށް ނިންމުނެވެ.

ޖަލްސާގައި ބައިވެރިފަރާތްތަށް

1. ތާރިޤް އަފީފް

2. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް

3.ސިމާޙް އިބްރާޙިމް

4.އައްބާސާ މުޙައްމަދު