ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 41 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 41/2024/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 31 އޮކްޓޫބަރ 2024
ޖަލްސާ ފެށި ގަޑި: 09:00
ޖަލްސާ ނިމުނު ގަޑި:
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 40 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 40 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކައުންސިލުން ހިންގާ ޤަވާއިދު ބަދަލުކުރުމާއި ގުޅޭގޮތުން މަޝްވަރާކުރުން.
ކައުންސިލުން ކޮންމެ ހަފްތާކު ބުރާސްފަތި ދުވަހު ބާއްވަމުން ގެންދާ ޖަލްސާ މިއަންނަ ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހަށް ބޭންވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ސުކޫލް އިން ފޮނުވާފައިވާ ސިޓިއާއި ބެހޭގޮތުން މަޝްވަރާކުރުން.
މާލޭގައި ބޭއްވާ އިންޓަރ ސްކޫލް އެތްލެޓިކްސް މުބާރާތަށް އެހީ ހޯދުމަށް ސުކޫލްއިން ފޮނުވާފައިވާ ސިޓީއައި ބެގޭގޮތުން މަޝްވަރާކޮށް ކައުންސިލުން ވަނީ މި އަހަރު ކުރުމަށް ރޭވިފައިވާ ހަރަކާތްކަގެ ތެރެއިން ސުކޫލަށް ޚަރަދުކުރުމަށް ކަނޑައެޅިފައިވާ ބަޖެޓް އަށް ވުރެ ބޮޑަށް ޚަރަދު ކުރެވިފައިވާކަމާއި އަދި އިތުރަށް މި އަހަރު ޚަރަދު ކުރެވެއް ނެއް ކަމަށް ސުކޫލްއަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ކައުންސިލްގެ ވެބްސައިޓަށް ޚަބަރާއި ރިޕޯޓް ލިޔެދިނުމަށް ފޮނުވާފައިވާ ޕްރޮޕޯސަލް އަދި ހުވަދޫ މީޑިއާ އިން ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް ވެބްސައިޓަށް ޚަބަރާއި އާޓިކަލް ލިޔެދިނުމުގެ ޙިދުމަތް ދިނުމަށް މުސްލިމާ ޙަސަން ފޮނުވާފައިވާ ޕްރޮޕޯސަލް އަދި ހުވަދޫ މީޑިއާ އިން ފޮނުވާފައިވާ ސިޓީއާއި މެދު މަޝްވަރާކޮށް ކައުންސިލުން ވަނީ ކައުންސިލް ބަޖެޓްގެ ދަތިކަށް ހުރުމާއި ގުޅިގެން މުސްލިމާ ޙަސަން ފޮނުވާފއިވާ ޕްރޮޕޯސަލް އަދި ހުވަދޫ މީޑިއާއިން ފޮނުވާފައިވާ ސިޓީއާއެއްގޮތަށް ކުރިއަށް ގެންދެވެން ނެއް ކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ކައުންސިލް އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމާއި ބެހޭގޮތުން މަޝްވަރާކޮށް ކައުންސިލުން ވަނީ އިކޮނޮމިކާއި ވެލްފެއާރ ގެ މަސައްކަތް ކުރުމަށް 2 ޔުނިޓެއް ކަނޑައެޅުމަށް އޮނިގަނޑަށް ބަދަލު ގެނައުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
އީކޯ ރެސިޑެންސް ފަރާތުން ޓޫރިޒަމް ބިންތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްދިނުމަށް ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލުން ވަނީ 28 އޮކްޓޫބަރ 2024 ވަނަ ދުވަހު ހެނދުނު ބޭއްވުނު ބްރީފިންގެ ޓޫރިޒަމަށް އިއުލާން ކޮށްފައިވާ ބިންތަކަށް ބިޑު ހުށަހެޅުމުގެ މުއްދަތު އިތުކުރުމަށް ނިންމާފާއެވެ. އަދި އެ ނިންމުމާއި އެއްގޮތަށް ބިޑް ހުށަހެޅުމަށް 2 ހަފްތާގެ މުއްދަތެއް ދިނުމަށް ނިންމުނެވެ.
ޖަލްސާގައި ބައިވެރިފަރާތްތަށް
1. ތާރިޤް އަފީފް
2. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް
3.ސިމާޙް އިބްރާޙިމް
4.އައްބާސާ މުޙައްމަދު