ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 42 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 42/2024/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 05 އޮކްޓޫބަރ 2024
ޖަލްސާ ފެށި ގަޑި: 09:00
ޖަލްސާ ނިމުނު ގަޑި:
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 41 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 41 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
މުފީދު އަލީއަށް ދީފައިވާ ވިޔަފާރި ބިމުގައި ޤަވާއިދާ ހިލާފަށް އިތުރުކޮށްފައިވާ ބަޔާއި ބެހޭގޮތުން މަޝްވަރާކުރުން.
މުފީދު އަލީއަށް ދީފައިވާ ވިޔަފާރި ބިމުގައި އިތުރުކޮށްފައިވާ ބަޔަކީ ޤަވާއިދާއި ހިލާފަށް އިތުރުކޮށްފައިވާ ބަޔަކަށް ވާތީ މުފީދު އަލީ 500 ރުފިޔާއިން ޖޫރިމަނާ ކުރުމާއި، އަދި އެބިމުގައި މިހާރު ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް މުފީދު އަލީއަށް
ސިޓީ ފޮނުވުމަށް ނިންމުނެވެ.
ޖަލްސާގައި ބައިވެރިފަރާތްތަށް
1. ތާރިޤް އަފީފް
2. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް
3.ސިމާޙް އިބްރާޙިމް
4.އައްބާސާ މުޙައްމަދު