ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 43 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 43/2024/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 14 އޮކްޓޫބަރ 2024
ޖަލްސާ ފެށި ގަޑި: 11:00
ޖަލްސާ ނިމުނު ގަޑި:
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 42 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 42 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ކޯޑު ބަދަލުކުރުންJ_GOM ) ) 212005-211003 ، 222999 - 212027
J_GOM ) ) 212005-211003 ، 222999 - 212027ކޯޑު ބަދަލުކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ސްޓާފް ނައިޓް ބާއްވާނެ ދުވަހެއް ކަނޑައެޅުމާއި ސްޓާފް އެވޯޑް އުސޫލް ފާސްކުރުން.
ސްޓާފް އުސޫލް ރަގަނޅު ކަމަށް ފާސްކޮށް އަދި ސްޓާފް އެވޯޑް ނައިޓް 1 ޖެނުއަރީ 2025 އާއި 15 ޖެނުއަރީ 2025 ދޭތެރޭގައި ބޭއްވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
މިނިސްޓްރީ އޮފް ސިޓީސް އެންޑް ލޯކަލް ގަވަރަމެންޓް އިން ފޮނުވާފައިވާ އިންވިޓޭޝަން އާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް އާއިމާރަތް އެޅުމުގެ އެއްބެސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށް ކައުންސިލްގެ ރައީސް މިމަހު 15 ނޮވެމްބަރު 2024 އިން 20 ނޮވެމްބަރު އަށް މާލެއަށް ދިއުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ހުއްޓޭ ކޮޑު ފެންވަރާ ސަރަޙައްދު ގިރަމުން ދާތީ އެސަރަޙައްދު ހިމާޔައްކުރުމައް މަޝްވަރާކުރުން.
ހުއްޓޭ ކޮޑު ފެންވަރާ ސަރަޙައްދު ގިރަމުން ދާތީ އެސަރަޙައްދު ހިމާޔައްކުރުމައް ބަޔަކާ އެ މަސައްކަތް ކުރުމަށް ހަވާލުކުރުމަށް ނިންމުނެވެ
ޖަލްސާގައި ބައިވެރިފަރާތްތަށް
1. ތާރިޤް އަފީފް
2. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް
3.އައްބާސާ މުޙައްމަދު.