ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 45 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 45/2024/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 26 ނޮވެމްބަރ 2024
ޖަލްސާ ފެށި ގަޑި: 09:00
ޖަލްސާ ނިމުނު ގަޑި: 10:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 44 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 44 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
މަސްތުވާ ތަކެއްޗާއި ވައްކަމުގެ މައްސަލަ އިތުރުވަމުންދާތީ މިފަދަ ކަންކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
ރަށުގައި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަ އިތުރުވަމުން ދާތި ކައުންސިލުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުންތަށް ފާހާގަކޮށްފައެވެ. އަދި އޭގެ އިތުރުން ރައްޔިތުންގެ ފަރާތުންވެސް މިކަމުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތަށް ވަނީ ކައުންސިލަށް ލިބިފައެވެ. މަސްތުވާތަކެތި ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ރަށުގެ ޕޮލިސް ޑެސްކްގެ ބޭފުޅުންނައެކު ބައްދަލުވުމެއް ބޭއްވުމާއި، އަދި އެޓޯލް ކޮމަންޑަރ އަށް ސިޓީ ފޮނުވުމަށް ވަނީ ހުށަހަޅާފައެވެ. އަދި ރަށަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި އެމްޓީސީސީ މުވައްޒަފެއް ކަމުގައިވާ މޫސާ ހަލީމް ކަމަށް ރަށުގެ މީހުންގެ ފަރާތުންނާއި ޕޮލިހުންގެ ފަރާތުންވަނީ މައުލޫމާތު ލިބިފައެވެ. މިކަމާގުޅެގޮތުން އެމްޓީސީސީއަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ކައުންސިލްގެ ސަރވިސް ޗާރްޓަރ އަށް ގެންނަށް ޖެހޭ ބަދަލުތަށް ގެނެސް ސާރވިސް ޗާރޓަރ ފާސްކުރުން
ކައުންސިލްގެ ސަރވިސް ޗާޓަރ އަށް ގެންނަށް ޖެހޭ ބަދަލުތަށް އިދާރި ގޮތުން އިސްލާހްކޮށް އަޕްޑޭޓް ކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
2024 ވަނަ އަހަރު އޮފީސްތަކަށް ހުޅުވައިގެން މިކައުންސިލުން ބޭއްވި ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ފައިސާ އާއި ގުޅޭގޮތުން ނިންމާފައިވާ ނިންމުން ބާޠިލްކޮށް މިކައުންސިލްގެ ބަޖެޓުން އެފައިސާ ޚަރަދުކުރުމަށް ނިންމުން.
2024 ވަނަ އަހަރު އޮފީސްތަކަށް ހުޅުވައިގެން މިކައުންސިލުން ބޭއްވި ވޮލީ މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމަށް ފައިސާ ދިނުމަށް 29 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާ ނިންމުން ބާޠިލްކޮށް ކައުންސިލް ބަޖެޓްއިން އެފައިސާ ދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ޑިންގީ އަދި ލާންޗް އަޅަން ހަމަޖައްސާފައިވާ ތަން ފިޔަވައި ބަނދަރުގެ އެހެން ތަންތަނުގައި އެއުޅަނދުތަށް އަޅާނަމަ އަޅާނެ ފިޔަވަޅަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
ޑިންގީ އަދި ލާންޗް އަޅަން ހަމަޖައްސާފައިވާ ތަން ފިޔަވައި ބަނދަރުގެ އެހެން ތަންތަނުގައި އެއުޅަނދުތަށް އަޅާނަމަ އަޅާނެ ފިޔަވަޅަތަކަށް ކައުންސިލުން ހަދާފައިވާ އުސޫލާއި އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކަށް ޖޫރިމަނާ ކުރުމާއި، އަދި އެފަރާތްކަށް ޕޮލިހުންނަށް މެދުވެރިކޮށް ޑިންޑީ އަދި ލާންޗް ތަށް ނެގޭނެކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ހުއްޓޭ ކޮޑާ ސާފުކުރުމަށް ވެފައިވާ އެއްބަސްމާއި އެއްގޮތަށް އތމ ކޮމެޓީ އިން އެތަން ބަލަހައްޓަމުން ނުދާތީވެ އެކަމާއި މެދު އަމަލުކުރަންވީ ގޮތަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
ހުއްޓޭ ކޮޑާ ސާފުކުރުމަށް ވެފައިވާ އެއްބަސްމާއި އެއްގޮތަށް އތމ ކޮމެޓީ އިން އެތަން ބަލަހައްޓަމުން ނުދާތީވެ އެކަމާއި މެދު އަމަލުކުރަންވީ ގޮތާއި އަދި އެކަންތަން ހައްލުކުރުމަށް އތމ.ކޮމެޓީ އާއެކު ބައްދަލުވުމެއް ބޭއްވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
ކައުންސިލް އިދާރާއިގެ އިތުރުކުރިބައިގެ ރިޓެންޝަން ފައިސާ ދިނުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް އިދާރާއިގެ އިތުރުކުރިބައިގެ ރިޓެންޝަން ފައިސާ ގޮތުގައި ދޭއްޖެހޭ ފައިސާ ދިނުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 9
ކޯޑު ބަދަލުކުރުން J-LCL 422001 އިން 226002 އަށް ބަދަލުކުރުން.
J-LCL 422001 އިން 226002 އަށް ކޯޑު ބަދަލުކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 10
ކޯޑު ބަދަލުކުރުން J-GOM 225005 އިން 223004 އަށް ބަދަލުކުރުން.
J-GOM 225005 އިން 223004 އަށް ކޯޑު ބަދަލުކުރުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 11
212023 -212027 ، 211001 – 211002 އަށް ބަދަލުކުރުން.
212023 -212027 ، 211001 – 211002 އަށް ކޯޑު ބަދަލުކުރުމަށް ނިންމުނެވެ.
1.ތާރިޤް އަފީފް
2.އިބްރާޙިމް ހުސައިން
3. ފާތިމަތު ހުދާ އަބުދުލް ޤައްޔޫމް
4.ސިމާޙް އިބްރާޙިމް
5.އައްބާސާ މުޙައްމަދު