.png)
ޖަލްސާ ބޭއްވިތަން: ގއ. ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 05 އޮކްޓޯބަރ 2022
ޖަލްސާ ފެށި ގަޑ: 11:00
ޖަލްސާ ނިމުނު ގަޑި: 11:30
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ޕާކިސްތާނަށް އެހީތެރިވެދިނުމަށް ފަންޑު ފޮށި ބެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ޕާކިސްތާނަށް އެހީތެރިވެދިނުމުގެ ގޮތުން ފަންޑު ފޮށްޓެއް ބެހެއްޓުމާއި ބެހޭގޮތުން މަޝްވަރާކޮށް ފަންޑު ފޮށި ބެހެއްޓުމަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
އެޖެންޑާ އައިޓަމް 3
ކުނިމެނޭޖްކުރުމާއި ބ .އަތޮޅަށް ދަތުރުކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ބ. އަތޮޅަކީ ރަނގަޅަށް ކުނި މެނޭޖްކުރާ ރަށްތަކެއް ހިމެނޭ އަތޮޅަކަށްވާތީ، ބ.އަތޮޅަށް ކުނިމެނޭޖްކުރުމާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށް ކައުންސިލްގެ މެމްބަރުން ދަތުރުކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް ބ. އަތޮޅަށް ދަތުރެއްކުރުމަށް ހުރިހާ މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.
· ނިންމި ގޮތް ހުށަހެޅުއްވީ: (ކައުންސިލްގެ ރައީސް ޠާރިޤް ޢަފީފް)
· ހުށަހެޅުމާ އެއްކޮޅަށް ވޯޓުދެއްވީ: (ނައިބުރައީސް އިބްރާހީމް ޙުސައިން، މެމްބަރ އައްބާސާ މުޙައްމަދު، މެންބަރު ސިމާޙް އިބްރާހީމް)
· ހުށަހެޅުމާ ދެކޮޅަށް ވޯޓުދެއްވީ: ( )
· ވޯޓްގައި ބައިވެރިނުވާ :( )
05 އޮކްޓޫބަރ 2022
ޖަލްސާގައި ބައިވެރިވި ފަރާތްތައް
|
|
|
|