ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 46 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 46/2024/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 03 ޑިސެންބަރ 2024
ޖަލްސާ ފެށި ގަޑި: 09:00
ޖަލްސާ ނިމުނު ގަޑި: 10:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 46 ވަނަ ޖަލްސާ އާއި 06 ވަނަ ކުއްލި ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 46 ވަނަ ޖަލްސާގެ ޔައުމިއްޔާ އާއި 06 ވަނަ ކުއްލި ބައްދަލުވުމުގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ހުއްޓޭ ކޮޑާގައި ފެންވަރާ ޝަވަރ ހުރި ސަރހައްދު ހިމާޔަތްކުރުމުގެ މަސައްކަތަށް ބަޖެޓް ކަނޑައެޅުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން
މިމަސައްކަތް ކުރުމަށް ބޭނުންވާ މަޢޫލޫމާތު ތައްޔާރުކުރުމަށްފަހު ކޯޓޭޝަން ހޯދައިގެން މިމަސައްކަތް ކުރުމަށާއި އަދި މިއީ މާބޮޑު ޚަރަދެއް ހިގާނެ ކަމަކަށް ނުވާތީ ކޯޓޭޝަން ލިބޭ ގޮތަކަށް ބަލާފައި މިކަން ކުރިޔަން ގެނދިއުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ކުނިމެނޭޖްކުރުމަށް އެންވަޔަރމަންޓް މިނިސްޓްރީ އިން ހަދިޔާ ކޮށްފައިވާ ޕިކަޕް ބާއްވާނެ ގަރާޖެއް ހެދުމާމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން
ޕިކަޕް ރަށަށް ގެނައުމުގެ ކުރިން ވީހާވެސް އަވަހަށް ގަރާޖެއް ހަދަން ޖެހޭ ކަމަށާއި އަދި ޕިކަޕް ރަޖިސްޓްރީ ކުރެވެން އޮތީވެސް ގަރާޖެއް ހުރެގެން ކަމަށްވާތީ، މިހާރު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ހަދާފައިވާ ގަރާޖާއި ގުޅުވައިގެން ގަރާޖުގެ ބައެއް އިތުރު ކުރުމަށް ފެންނަކަމަށާއި އަދި މިކަމަށް ކުރާ ޚަރަދު އެއްލައްކަ ރުފިޔާ އަށް ބޮޑުނުވާ ގޮތަށް ކުރިރަން ގެންދިއުމަށާއި މިގޮތުން މިމަސައްކަތަކީ އަވަހަށް ނިންމަންޖެހޭ މަސައްކަތަކަށްވާތީ ކޯޓޭޝަން ހޯދައިގެން މަސައްކަތް ކުރިޔަން ގެންދަން ފެންނަކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ކުނިމެނޭޖް ކުރުމާއި ޤުރުޢާން ކްލާސް ހިންގުމަށް ބިދޭސީން ހޯދުމަށް ބޭނުންވާ ކޯޓާ ހޯދުމާއި މަޝްވަރާކޮށް ގޮތެއް ނިންމުން
ކުނިމެނޭޖް ކުރުމުގެ މަސައްކަތާއި ޤުރުޢާން ކްލާސް ހިންގުމުގެ މަސައްކަތް ފެށެންވާއިރަށް މިމަސައކަތްތަކަށް ބިދޭސީން ހޯދުމަކީ މުހިއްމުކަމެއްކަމަށާއި މިގޮތުން ކުނިމެނޭޖް ކުރުމަށް 3 ބިދޭސީ އަދި ޤުރުޢާން ކްލާހުގެ ޓީޗަރަކަށް 01 ބިދޭސީ އަކު ގެނައުމަށް ކޯޓާ ހޯދުމުގެ މަސައްކަތް ކުރިޔަން ގެންދަން ފެންނަކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
އިޖްތިމާއީ ސަރަހައްދު، ޤަބުރުސްތާނު ބެލެހެއްޓުން، ޕިކްނިކް އޭރިޔާ ސާފުކުރުމުގެ މަސައްކަތް 2025 ވަނަ އަހަރު ގައި ކުރިޔަން ގެންދާނެ ގޮތަކާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.ޑ
2024 ވަނަ އަހަރުގައި މިތަންތަން ސާފުކޮށް ބަލަހައްޓަމުން ދިޔަގޮތަށް ޤަބުރުސްތާނު އަދި ޕިކްނިކް އޭރިޔާ ސާފުކުރުން އައުޓްސޯސް ކޮށްގެން ކުރިޔަން ގެންދިއުމަށާއި އަދި އިޖްތިމާއި ސަރަހައްދު ކުނިކެހުމުގެ މަސައްކަތް ކުރިޔަން ގެންދިއުމަށް ވޭޖް އުސޫލުން 16 މުވައްޒަފުން ނަގައިގެން ކުރިޔަން ގެންދަން ފެންނަކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 7
ކުނިމެނޭޖް ކުރުމުގެ މަސައްކަތާއި ގުޅޭގޮތުން ތަޖުރިބާ ހޯދުމަށް ދާނެ ރަށެއް ކަނޑައެޅުން.
ކުނިމެޖް ކުރުމުގެ މަސައްކަތް މިރަށުގައި ފެށުމުގެ ކުރިން އެހެން ރަށެއްގައި މިކަން ކުރަމުންދާ ގޮތް ބެލުމަކީ މުހިއްމު ކަމެއްކަމަށްވާތީ ގއ.އަތޮޅުގެ ރަށަކަށް ތަޖުރިބާ ދަތުރެއް ކުރާން ބޭނުންވާ ކަމަށާއި މިގޮތުން ގއ.ކޮލަމާފުށި އަދ ގއ.މާމެންދޫ އަށް ރަސްމީ ދަތުރެއްކުރުމަށް ހުށަހެޅުއްވިއެވެ. އަދި މިދަތުރުގައި ކައުންސިލަރުންގެ އިތުރުން ކައުންސިލްގެ އިދާރީ ހުރިހާ ސްޓާފުންނާއި އތ.މ ކޮމެޓީގެ 2 މެމްބަރަކު ބައިވެރިކުރުވަން ފެންނަކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 8
ފެންބޮޑުވާ މަގުތަކަށް ވެލި އެޅުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން
.މިހާރަކަށް އައިސް ވާރޭވެހޭ ދުވަސްތަކުގައި ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ވަރަށްބޮޑެތި ދަތިތަކާއި ކުރިމަތި ވަމުންދާތީ މިހާރުން މިހާރަށްވެސް މިސްކިތަށް ދާ މަގަށް ވެލި އެޅުމުގެ މަސައްކަތް ކުރިޔަން ގެންދިއުމަށް ނިންމުނެވެ
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ޠާރިޤް ޢަފީފް
އިބްރާހީމް ޙުސައިން
ސިމާޙް އިބްރާހިމް
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު