ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 47 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 47/2024/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 10 ޑިސެންބަރ 2024
ޖަލްސާ ފެށި ގަޑި: 09:00
ޖަލްސާ ނިމުނު ގަޑި: 10:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 47 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 47 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
މަގޭ ސާފުރާއްޖެ ޤައުމީ މަހާސިންތާ 2024 ގައި ބައިވެރިވާނެ ފަރާތެއް ކަނޑައެޅުމާއި އެކަމަށް ކުރަންޖެހޭ ޚަރަދުކުރުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން
މަގޭ ސާފުރާއްޖެ މަހާސިންތާ 2024 ގައި ބައިވެރިވާނެ ފަރާތެއްގެ ގޮތުގައި ބައިވެރިވާން ފެންނަނީ އެތަނުން ލިބޭ މައުލޫމާތު ކައުންސިލާއި ހިއްސާ ކުރެވޭ އަދި އެ ލިބުނު މަޢުލޫމާތުގެ ބޭނުން ހިފަން އެނގޭނެ ފަރާތެއް ކަމަށާއި އަދި މިގޮތުން އިދާރީ އިސްފަރާތެއް މިކަމަށް ހަމަޖައްސަން ފެންނަކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
2025 ވަނަ އަހަރުގެ ބަޖެޓް ފައިނަލް ކުރުމަށްޓަކައި މަސައްކަތު ތާވަލަށް ގެންނަށް ޖެހޭ އިސްލާޙުތަށް ގެނައުމާއި މަޝްވަރާކޮށް ގޮތެއް ނިންމުން.
2025 ވަނަ އަހަރަކީ ކުރީ އަހަރަށްވުރެ މަދުން ގްރާންޓް ލިބޭނެ އަހަރަށްވެފައި އެހާގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވި ކަމަށްވީނަމަވެސް ބަޖެޓްގެ ދަތިކަމާއި ހުރެ ކުރިޔަން ދިއުމަށް ދަތިވާނެ ކަމަށާއި ނަމަވެސް ކޮންމެހެ ކުރަންޖެހޭ މުހިއްމު ކަންކަން ކުރުމަށްޓަކައި 2025ގެ މަސައްކަތް ތާވަލްގައި ކަންކަން އިސްލާޙުކުރުމަށް ފެންނަކަމަށާއި މިގޮތުން މިދަންނަވާ ކަންކަން އިތުރު ކުރުމަށް ފެންނަކަމަށް ހުށަހެޅުއްވިއެވެ. މިގޮތުން އިތުރު ކުރަންޖެހޭ މަސައްކަތްތަކަކީ ގިޑިގެ ހެދުން، ފާލަށް ހެދުން، ރަށު ޕިކަޕެއް ގަތުން،އެކްސްކަވޭޓަރ އެއް ގަތުމާއި ، ނޭޗަރ ޕާކެއް ހެދުން، ވޮލީ ކޯޓް ރޮސްޓަމް ހެދުން، ކުޑަކުދިންނަށް ދަނޑެއް ހެދުން އަދި އިތުރު މަގުބައްތި ތައް ޖެހުން ކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމަށް އެހީތެރިވުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމަށް މެމްބަރ ސިމާޙު އިބްރާހީމް ހުށަހަޅާފައިވާ މައްސަލަ
ޒުވާނުންނަށް ވޮލީ ކުޅުމަށްވެސް ކައުންސިލުން ޚަރަދުތައް ކޮށްފައިވާތީ އާއި މި ފުޓްސަލް ޓީމަކީ ކައުންސިލުން ގޯލްޑަން ފުޓްސަލް މުބާރާތުގައި ބައިވެރިކުރި ޓީމަކަށްވާތީ މިޓީމަށް ބޭނުންވާ ޖާރޒީ ގަތުމަށް ކުރަންޖެހޭ ޚަރަދު ކައުންސިލުން ކުރަން ފެންނަކަމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ބަދިގެ ކުނި ( ޑަސްބިން ކުނި) އުކާނެ ޚާއްސަ ސަރަހައްދެއް ހެދުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.
ގޭބިސީތަކުން ކުނި ނަގަން ފެށުމުގެ ކުރިން ކުނި އަޅާނެ ވަކި ތަނެއް ހަދަންޖެހޭ ކަމަށާއި މިގޮތުން މޫދަށް ކުނިއެޅުމަށް ހަދަންޖެހޭ ފާލަން އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވީހާވެސް އަވަހަށް ކުރިޔަން ގެންދިއުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
ޠާރިޤް ޢަފީފް
އިބްރާހީމް ޙުސައިން
ސިމާޙް އިބްރާހިމް
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު