2024 ވަނަ އަހަރުގެ 48 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 48 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް

                                                     ނަންބަރު: 48/2024/04

ޖަލްސާ ބޭއްވިތަން:       ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ

ޖަލްސާ ބޭއްވި ތާރީޚް:   17 ޑިސެންބަރ 2024

ޖަލްސާ ފެށި ގަޑި:       11:00

ޖަލްސާ ނިމުނު ގަޑި:      10:00                         

ޖަލްސާ މެދުކަނޑާލެވުނު:     -                                        

ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ރައީސް ތާރިޤް އަފީފް)

 

ނިންމި ކަންތައްތައް

އެޖެންޑާ އައިޓަމް 1

ޖަލްސާގެ އެޖެންޑާ ފާސްކުރުން

ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 2

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 47 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 47 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.

 

އެޖެންޑާ އައިޓަމް 3

1446ވަނަ އަހަރުގެ ރަމަޟާން މަހުގައި ތަރާވީސް ނަމާދުކުރުމަށް ރާއްޖެއިން ބޭރު ހާފިޟަކު ހޯދުމާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން.

މަގޭ ސާފުރާއްޖެ މަހާސިންތާ 2024 ގައި ބައިވެރިވާނެ ފަރާތެއްގެ ގޮތުގައި ބައިވެރިވާން ފެންނަނީ އެތަނުން ލިބޭ މައުލޫމާތު ކައުންސިލާއި ހިއްސާ ކުރެވޭ އަދި އެ ލިބުނު މަޢުލޫމާތުގެ ބޭނުން ހިފަން އެނގޭނެ ފަރާތެއް ކަމަށާއި އަދި މިގޮތުން އިދާރީ  އިސްފަރާތެއް މިކަމަށް ހަމަޖައްސަން ފެންނަކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 4

ކޯޑް ބަދަލުކުރުން ( J-LCL ) 421003 އިން 223014 އަށް 35000.00ރފ ބަދަލުކުރުން

ކައުންސިލްގެ ރައީސް ވަނީ ކައުންސިލްގެ ހިންގުމަށްޓަކައި ކުރަންޖެހޭ ޚަރަދުތައް ކުރުމަށްޓަކައި ކޯޑް ބަދަލުކުރަން ފެންނަކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 5

ކުރީގެ ކިޑްސް ބިމާއި ސިއްޚީމަރުކަޒާއި ދޭތެރޭގައި އޮތް މަގުގައި ބާއްވާފައިވާ އެކުސް ކަވޭޓަރ އިން ފީނެގުމާއި އަދި އެ އުޅަނދު ނައްތާލުމާއި މެދު މަޝްވަރާކުރުން

މެމްބަރ އައްބާސާ މުޙައްމަދު ވަނީ ނަރުދަމާ މަސައްކަތް ކުރުމަށް މިރަށަށް ގެނެސްފައި ހުރި 2 އެކްސްކަވޭޓަރ އާއި ޕިކަޕްގެ ވެރިފަރާތުން އެއުޅަނދުތައް މަގުމައްޗަށް އެއްލާލާފައިވާ ކަމަށާއި މިގޮތުން މި އުޅަނދު ތަކުގެ ސަބަބުން މަގުމަތި ސާފުކޮށް ބެލެހެއްޓުމަށާއި އަދި މަގުގައި ދުއްވާ އެހެނިހެން އުޅނދުތަކަށްވެސް އުދަގޫ ވަމުންދާކަމުގެ ޝަކުވާ ލިބޭ ކަމަށާއި އަދި މީގެ އިތުރުން އެއްވސް ބެލެހެއްޓުމެއްނެތި މިއުޅަނދުތައް މަގުމައްޗަށް އެއްލާލާފައި ވުމުގެ ސަބަބުން އެއުޅަނދު ތަކަށް ކުޑަކުދިން އަރައި އެކުދިންނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ޤަބޫލުކުރެވޭތީ، މިއަދުން ފެށިގެން 05 ދުވަހުގެ ތެރޭގައި މިއުޅަނދުތައް އެތަންތަނުން ނެގުމަށާއި އަދި މި މުއްދަތުގައި އެއުޅަނދުތައް އެތަންތަނުން ނުނަގައފިނަމަ އިތުރަށް ހިނގާ ކޮންމެ ދުވަހަކަށް ކޮންމެ އުޅަނދަކުން ޖޫރުމަނާގެ ގޮތުގައި 500ރފ ކައުންސިލަށް ދެއްކުމަށާއި އަދި މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިއުޅަނދުތައް ނުނަގައިފިނަމަ އެއުޅަނދުތައް ނައްތާލެވޭނެ ކަމަށް އަންގައި އިޢުލާން ކުރުމަށް ނިންމުނެވެ.

 

އެޖެންޑާ އައިޓަމް 6

މިހާތަނަށް މަގުފާރު ނުރާނައި ހުރި ދުވަސްވީ ގޯތިތަކަށް މަގުފާރު ރޭނުމަށް އެންގުމަށް ސިޓީ ފޮނުވުމާއި އަދި އެންގުމާއި ޚިލާފުވާ ފަރާތްތަކާއި މެދު އަމަލުކުރަންވީ ގޮތަކާއި މެދު މަޝްވަރާކުރުން

މެމްބަރ އައްބާސާ މުޙައްމަދު ވަނީ ބައެއް ގޯތި ތަކުގެ މަގުފާރު ނުވަތަ އިންފާރު ރާނާފައި ނެތުމުން މަގުތަށް ބެލެހެއްޓުމަށް ވަރަށް ދަތިތަކާއި ކުރިމަތިވަމުންދާތީވެ މިކަން ހައްލުކުރުމަށާއި އަދި ރަށުތެރެ ޒީނަތްތެރިކޮށް ބޭއްވުމަށްޓަކައި އިންފާރު ނުރާނާ ހުރި ގޯތިތަކުގެ ވެރިންނަށް އިންފާރު ރޭނުމަށް ސިޓީ ފޮނުވާން ފެންނަކަމަށް ނިންމުނެވެ.

އެޖެންޑާ އައިޓަމް 7

ޕާޓީތަކަށާއި އެކިއެކި އިވެންޓްތަކަށް ގޮޑިއާއި ފޮތި ދޫކުރާނެ އުސޫލެއް ހެދުމާއި އަގު ކަނޑައެޅުން

މެމްބަރ ސިމާޙު އިބްރާހީމް ވަނީ އެކިއެކި އިވެންޓުތަށް ބޭއްވުމަށްޓަކައި އާއްމުފަރާތްތަކުން ކައުންސިލްގެ ހުންނަ ގޮނޑިތަކާއި ފޮތި ބޭނުންވެގެން އެދެމުންދާތީވެ ، އަދި މިހާތަނަށް މިކަމަށް ވަކި އުސޫލެއް ހަދާފައި ނުވާތީ މިކަމަށް ވަކި އުސޫލެއް ހެދުމަށާއި މިގޮތުން މިތަކެތި ކުއްޔަށް ދޫކުރާނަމަ ގޮނޑިއެއް 10 ރފ އަށް އަދި ފޮތި ގަނޑެއް 5ރފ އަށް ކުއްޔަށް ދޫކުރަން ފެންނަކަމަށް  ނިންމުނެވެ.

ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް

ޠާރިޤް ޢަފީފް

އިބްރާހީމް ޙުސައިން

ސިމާޙް އިބްރާހިމް

ފާތިމަތު ހުދާ

އައްބާސާ މުޙައްމަދު