ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 49 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 49/2024/04
ޖަލްސާ ބޭއްވިތަން: ގއ.ކަނޑުހުޅުދޫ ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް: 24 ޑިސެންބަރ 2024
ޖަލްސާ ފެށި ގަޑި: 09:00
ޖަލްސާ ނިމުނު ގަޑި: 10:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބް ރައީސް އިބްރާޙިމް ޙުސައިން)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 48 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 48 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
2025 ވަނަ އަހަރު މަސައްކަތް ތާވަލާއި ބެހޭގޮތުން މަޝްވަރާކުރުން.
މި އަންނަ ހަފުތާ އާދިއްތާ ދުވަހު 13:00 އިން 14:00 އަށް ހުރިހާ ކައުންސިލް މެމްބަރު އެއްތަނެއްގެ ތިބެގެން މަސައްކަތް ތާވަލާއި ބެހޭގޮތުން މަޝްވަރާކޮށްފަ ދެން އޮންނަ ޖަލްސާއެއްގައި ވަކި ގޮތަކަށް ނިންމުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ޤައުމީ އެއްބައިވައްތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ފޮނުވާފައިވާ ސިޓީއާއި ބެހޭގޮތުން މަޝްވަރާކުރުން.
ޤައުމީ އެއްބައިވައްތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ވަނީ މީހުންދިރިއުޅޭ ކޮންމެ ރަށަކުން ކަނޑައެޅާފައިވާ ސޭފު ޒޯން ސަރަޙައްދަށް އެއްވެ ސުކޫތުގައި އެރަށެއްގެ ވީހާ ގިނަ ބޭފުޅުން ބައިވެރިވެވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް އެދިފައެވެ. އެގޮތުން ކައުންސިލުން ވަނީ މި ހަރަކާތްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ރަށުގެ ހުރިހާ މުވައްސަސާތަކުގެ އިސް ބޭފުޅުންނާއި އެކު ބައްދަލުވުމެއް ބޭއްވުމާއި ، އަދި މިހަރާކާތުގައި ބައިވެރި ވުމަށް މުވައްސަސާތަކާށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
މިނިސްޓްރީތަކާއި ބައްދަލުކުރުމަށް މާލެއަށް ދިއުމާއި ބެހޭގޮތުން މަޝްވަރާކުރުން.
މިކައުންސިލްގެ ފަރާތުން ރަށުގެ ތަރައްޤީއަށް ކުރަން ރާވާފައިވާ ކަންތައްތަކާއި އަދި ސަރުކާރުން މިރަށުގައި ހިންގާ މަޝްރޫޢު ތަކާއި ބެހޭޣޮތުން މަޝްވަރާކުރުމަށް މިނިސްޓްރީތަކާއި ބައްދަލުކުރުމަށް 20 ޖެނުއަރީ 2025 އިން 31 ޖެނުއަރީ 2025 އަށް މާލެ ދިއުމާއި އަދި މިނިސްޓްރީތަކަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 6
ކައުންސިލް ޤްރުއާން މުބާރާތް ބާއްވާނެ ދުވަހާއި ބެހޭގޮތުން މަޝްވަރާކުރުން.
ކައުންސިލް ޤުރުއާން މުބާރާތް 22 ފެބްރުއަރީ 2025 ގައި ބޭއްވުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އިބްރާހީމް ޙުސައިން
ސިމާޙް އިބްރާހިމް
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު