ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫ ކައުންސިލްގެ 4ވަނަ ދައުރުގެ 2025 ވަނަ އަހަރުގެ 02 ވަނަ އާންމު ބައްދަލުވުމުގައި ނިންމުނު ކަންތައްތައް
ނަންބަރު: 02/2025/04
ޖަލްސާ ބޭއްވިތަން: ކައުންސިލް އިދާރާ
ޖަލްސާ ބޭއްވި ތާރީޚް 14 ޖެނުއަރީ 2025
ޖަލްސާ ފެށި ގަޑ: 09:00
ޖަލްސާ ނިމުނު ގަޑި: 10:00
ޖަލްސާ މެދުކަނޑާލެވުނު: -
ރިޔާސަތު ބެލެހެއްޓި ފަރާތް: (ކައުންސިލްގެ ނައިބް ރައީސް އިބްރާޙިމް ޙުސައިން)
ނިންމި ކަންތައްތައް
އެޖެންޑާ އައިޓަމް 1
ޖަލްސާގެ އެޖެންޑާ ފާސްކުރުން
ޖަލްސާގެ އެޖެންޑާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 2
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 01 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.
ކައުންސިލްގެ 04 ވަނަ ދައުރުގެ 2024 ވަނަ އަހަރުގެ 01 ވަނަ ޖަލްސާގެ ޔައުމިއްޔާ ވަނީ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައެވެ.
އެޖެންޑާ އައިޓަމް 3
ބަނދަރު ބޮޑުކުރުމާއި މޫދު ކަސްރަތުކުރުމަށް ފެންގަނޑެއް ހެދުމާއި ބެހޭގޮތުން މަޝްވަރާކުރުން.
ބަނދަރު ބޮޑުކުރުމާއި މޫދު ކަސަރަތު ކުރުމަށް ފެންގަނޑެއް ހެދުމާއި ބެހޭގޮތުން މަޝްވަރާކޮށް ފެބްރުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްތިޔު ބައްދަލުވުމުގައި ރައްތިތުންނާއި މަޝްވަރާކުރުމަށް ފަހު ބަނދަރު ބޮޑުކުރުމާއި މޫދު ކަސްރަތު ކުރުމަށް ފެންގަނޑު ހެދުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 4
ޕްރީސުކޫލް އިމާރާތްކުރުމަށް ބޭނުންވާ އެހީ ހޯދުމަށް އެސްޓީއޯ އަށް ސިޓީ ފޮނުވުން.
ޕްރީސްކޫލް އިމާރާތްކުރުމަށް ބޭނުންވާ ސާމާނު ހޯދުމަށް އެސްޓޯ އަށް ސިޓީ ފޮނުވުމަށް ނިންމުނެވެ.
އެޖެންޑާ އައިޓަމް 5
ހުއްޓޭ ކޮޑާ ރެހާގަނޑާ ސަރަޙައްދު ސާފުކުރުމަށް ބަޔަކާއި ހަވާލުކުރުން.
ހަފްތާކު 2 ދުވަހު ހުއްޓޭ ކޮޑާ ރެހާގަނޑާ ސަރަޙައްދު ސާފުކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ނިންމުނެވެ.
ބައްދަލުވުމުގައި ބައިވެރިވި ފަރާތްތައް
އިބްރާހީމް ޙުސައިން
ސިމާޙް އިބްރާހިމް
ފާތިމަތު ހުދާ
އައްބާސާ މުޙައްމަދު